ދިވެހި ޢުމްރާވެރިންތަކެއް.
ދިވެހި ޢުމްރާވެރިންތަކެއް.
އަލް ބުރޫޖް ގްރޫޕްގެ ޙަވާލުގައި ޢުމްރާއަށް ދިޔަ 39 މީހުން މިމަހު 26 ގައި ރާއްޖެ އަންނާނެކަން އެ ގްރޫޕުން ހާމަކޮށްފިއެވެ.

އަލްބުރޫޖް ހޯލްޑިންގްސް ޕްރައިވެޓް ލިމިޑެޓްގެ ހަވާލުގައި މި ރަމަޟާންމަހު ޢުމްރާއަށް ދިޔަ މީހުންގެ ތެރެއިން ރާއްޖެ އަންނަން ހަމަޖެހިފައިވާ ދުވަހަށް ނާދެވުނު މީހުން މާލެ އައުމަށް ފުރަން ހަމަޖެހިފައި އޮތީ ބުރާސްފަތި ދުވަހުގެ ރޭގެ 10:00 ގައި ސަޢޫދީ އެއަރލައިންސްގައެވެ.

ނަމަވެސް ޗެކިން ގަޑި ނިމިގެން ޗެކިން ކައުޓަރުތައް ބަންދު ވީއިރުވެސް ކައުންޓަރުތަކާއި ހިސާބަށް ނުދެވި ފްލައިޓް މިސްވުމުގެ ސަބަބުން އެމީހުންނަށް ވަނީ ސައުދީގައި މަޑުކުރަން ޖެހިފައެވެ.

އަލް ބުރޫޖް ޙައްޖު އެންޑް ޢުމްރާ ގްރޫޕުން ޢުމްރާވެރިން ތިބޭ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މިއީ ބަސް ދަތުރުގެ އިންތިޒާމްތައް ހަމަޖައްސައިދޭ އެޖެންޓު ވަގުތުގެ ކުރިން ހޮޓަލުން ޗެކްއައުޓްވެ އެއަރޕޯޓަށް ދިއުމަށް ހަމަޖެހިފައިވާ ބަސްތައް ނުފޮނުވުމުގެ ސަބަބުން ދިމާވި ކަމެއްކަމަށެވެ.

އަލްބުރޫޖް ގްރޫޕްގެ ޢުމްރާވެރިން ސަޢުދީގައި ތާށިވެފައިވާއިރު ރާއްޖޭގެ އަލްމަޝްޢަރު ޓުއާސްގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުންނަށް ރާއްޖެ ނާދެވި އެމީހުންވެސް ސަޢުދީގައި ތާށިވިއެވެ.

އަލްމަޝްޢަރު ޓުއާސްގެ ހަވާލުގައި އުމްރާއަށް ދިޔަ 50 މީހުން، އަމިއްލައަށް ޓިކެޓް ނަގައިގެން ރާއްޖެ ދިޔުމަށް އެގްރޫޕުން އަންގާފައިވާއިރު އެ ގްރޫޕްގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހުންނަށް ހުށައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން