ދިވެހި ޙައްޖުވެރިންތަކެއް
ދިވެހި ޙައްޖުވެރިންތަކެއް
މަޝްޢަރު ޓުއާސްގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުންނަށް ރާއްޖެ ނާދެވި މައްކާގައި ތާށިވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަޝްޢަރު ޓުއާސްގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުން އުމްރާގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައި އޮތީ އިއްޔެ އެވެ. ނަމަވެސް އެގްރޫޕުން އެންމެ ފަހުވަގުތު ޢުމްރާވެރިންނަށް އަންގާފައިވަނީ ޓިކެޓް ކެންސަލްވެފައިވާ ކަމަށެވެ.

އޭގެ އިތުރުން އުމްރާއަށް ދިޔަ 50 މީހުން، އަމިއްލައަށް ޓިކެޓް ނަގައިގެން ރާއްޖެ ދިޔުމަށް އެގްރޫޕުން ވަނީ އަންގާފައެވެ.

އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ނެތި މީސްމީހުންގެ އަތުން ފައިސާ ނަގަމުންދާތީ، މަޝްއަރު ގުރޫޕާއި އިތުރު ޖަމާއަތަކާ މެދު ސަމާލުވުމަށް މިދިޔަ ޖެނުއަރީ މަހު އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

މަޝްޢަރު ޓުއާސްގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުންނަށް ރާއްޖެ ނާދެވި މައްކާގައި ތާށިވެފައިވާއިރު އުމްރާއަށް މީހުން ގެންދިއުމާ ގުޅޭގޮތުން ރާއްޖޭގައި އަމަލު ކުރާ ރަސްމީ އުސޫލާ ޚިލާފަށް މީހުން އަތުން ލާރި ނަގައިގެން އެއަށް ބައެއް ޖަމާއަތްތަކުން އިހުމާލު ވަމުންދާ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން މިއަދު ޕޮލިހަށް ހުށަަހަޅުއްވާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭން މިފަހަރު ޢުމްރާއަށް މީހުން ގެންދިޔަ މަޝްޢަރު ޖަމާޢަތުން ޢުމްރާވެރިންގެ ޓިކެޓްތަކަށް ފައިސާ ނުދައްކައިގެން އެ ޢުމްރާވެރިންނަށް ރާއްޖެ ނާދެވިދާނެ ކަމުގެ ބިރު ހީވެފައިވާއިރު އެގްރޫޕް ގޮވައިގެން ކޯޓަށް ދާން ޖެހިދާނެ ކަމުގެ އިންޒާރު ޓިކެޓް ވިއްކި ޓްރެވަލް އެޖެންސީން މިހާރުވަނީ ދީފައެވެ.

މި މައްސަލާގައި ތުހުމަތު ކުރެވޭ އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގުރޫޕުގެ ހުއްދަ މިދިޔަ އަހަރު އިސްލާމިކް މިނިސްޓްރީން ބާތިލުކުރި ނަމަވެސް މިއަހަރު އެޖަމާއަތުން މީހުން އުމްރާއަށް ގެންގޮސްފައިވަނީ އެ ގްރޫޕްގެ ނަން ޓްރެވެލް އެޖެންސީއެއްގެ ނަމަށް ބަދަލުކުރުމަށް ފަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން