އަހުމަދު ޔާމިން   4 އޭޕްރީލު 2024 - 13:29
ރާނބާފަތް ކޭކު ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި:

3 ޖޯޑު ރާނބާ ފަތާއި، 1/2 ޖޯޑު ކާށި ކިރާއި، 2 މޭޒުމަތީ ސަމްސާ ފެނާއި، 1 ޖޯޑު ފުށާއި، 2/1 2 ސައި ސަމުސާ ބޭކިން ޕައުޑަރއާއި، 5 ބިހާއި، 1/2 ޖޯޑު ހަކުރާއި، 2 ބިހުގެ ގޮބޮޅިއާއި، 1/2 ޖޯޑު ތެޔޮ.

ރާނބާފަތް ކޭކު ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ 160 ޑިގްރީއަށް އަވަން ހޫނު ކުރަން ޖައްސާށެވެ. ދެން ރާނބާ ފަތް ކޮޅާއި، ކާށި ކިރާއި ފެން، މިކްސްޗަރަށް އަޅާ ރަނގަޅަށް ގިރާލުމަށް ފަހު ފުރާނާލާށެވެ.

އެއަށް ފަހު ބިހާއި ހަކުރު އަދި ތެޔޮ އެއްކޮށް ރަނގަޅަށް ގިރާލާށެވެ. ދެން ފުށާއި ބޭކިން ޕައުޑަރ އެއްކޮށްލުމަށް ބިހާއި ހަކުރު ގެ މިކްސް އަށް އަޅަމުންގެންދާށެވެ. އަދި މީގެ ތެރެއަށް ކުރިން ތައްޔާރުކުރި ރާނބާ ފަތް ކިރު ކޮޅު ވެސް އެއްކޮށްލައި ރަނގަޅަށް ގިރާލާށެވެ.

އެންމެ ފަހުން ޓްރޭ ތައްޔާރުކޮށްލުމަށްފަހު ކޭކް މިކްސް އޭގެ ތެރެއަށް އަޅާލައި 25 މިނެޓު ފިހެލާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން