އަހުމަދު ޔާމިން   3 އޭޕްރީލު 2024 - 13:43
މިލްކީ ޗޮކްލެޓް ޕުޑިން ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި:

2 މޭޒުމަތީ ސަމުސާ ހަކުރު. 2 މޭޒުމަތީ ސަމުސާ ޒުވާރި ފުށް. 2 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑާރ. ½ 1 ޖޯޑު ރޯ ކިރު. ½ ޖޯޑު ހެވީ ކްރީމް. ½ ޖޯޑު މިލްކް ޗޮކުލެޓް (ކުދިކޮށް ކޮށާފަ). 11 ސައިސަމުސާ ވެނީލާ އެސެންސް

މިލްކީ ޗޮކްލެޓް ޕުޑިން ތައްޔާރު ކުރާނެގޮތް:

އެންމެ ފުރަތަމަ ހަކުރާއި، ޒުވާރިފުށާއި ކޮކޯ ޕައުޑަރ ތަށްޓަކަށް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. މީގެ ތެރެއަށް ކުޑަ ލޮނުކޮޅެއް ލާން ވާނެއެވެ. އެއަށްފަހު ކިރާއި، ކްރީމް އެއްކުރުމަށްފަހު ރަނގަޅަށް ގިރާލާށެވެ.

ހުރިހާ އެއްޗެއް ރަނގަޅަށް ގިރާލުމަށްފަހު އުނދުން މައްޗަށް ތެއްޔެއް އުދައި އެއަށް އަޅާށެވެ. އަދި އޮލަވަންދެން ކައްކާށެވެ.

އެއަށްފަހު އުނދުން މަތިން ބޭލުމަށްފަހު އޭގެ ތެރެއަށް ޗޮކުލެޓާއި ވެނީލާ އެސެންސް އަޅައި ގިރާލާށެވެ.

އެންމެ ފަހު ކަމަކަށް 2 ގަޑިއެއްހާއިރު ފްރިޖްގައި ބަހައްޓާށެވެ. މިހާރު އެހުރީ މިލްކީ ޗޮކްލެޓް ޕުޑިންގ ތައްޔާރު ކުރެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން