އަހުމަދު ޔާމިން   2 އޭޕްރީލު 2024 - 12:3
ޗީޒީ ސޮސެޖް ރޯލްސް ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި:

225 ގްރާމް ސޮސެޖް. 4 ބައިކުޅަ އެއްބައި ސައިސަމުސާ މުގުރި މިރުސް. 4 ބައިކުޅަ އެއްބައި ސައިސަމުސާ މަސްޓަރޑް ކްރީމް. ދިޔާ ކިރު ފޮދެއް. 50 ގްރާމް ޗެޑަރ ޗީޒް (ގާނާފައި).

އޭގެ އިތުރުން ބައިސައިސަމުސާ ލޮނު. 225 ގްރާމް ފުށް. 75 ގްރާމް މާޖިރިން

ޗީޒީ ސޮސެޖް ރޯލްސް ތައްޔާރު ކުރަށްވާނެ ގޮތް:

ފުށާއި، ލޮނު އަދި ބަޓަރު އެއްކޮށްލުމަށްފަހު ބްރެޑް ކްރަމްބްސްއަށް ވަންދެން އިނގިލިތަކުގެ ކުރިން އެއްކުރަމުންދާށެވެ. އެއަށްފަހު ފިނިފެންފޮދެއް އެއްކޮށްފައި ކިރާއި ސޮސެޖް ފިޔަވައި ބާކީ ބާވަތްތައް އެއްކޮށްލާފައި ރަނގަޅަށް މޮޑެލާށެވެ.

ދެން ރޮށި ދަމާގޮތަށް ދަމާލުމަށްފަހު ކުދިކޮށް ކަފާފައި ސޮސެޖް ލާފައި އޮޅާލުމަށްފަހު ރަނގަޅަށް ތަތްކޮށްފައި ކޮންމެ ސޮސެޖް ރޯލެއް ދެބުރި ކޮށްލުމަށްފަހު މަތީގައި ކިރުފޮދެއް ހާކާފައި މަޑު މުށިކުލަ އަރަންދެން އަވަންގައި ފިހާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން