އަހުމަދު ޔާމިން   31 މާރިޗު 2024 - 11:30
ބާބަކިއު ޗިކަން ވިތް ފަރާޓާ ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި:

1 ޖޯޑު ބޯންލެސް ޗިކަން. 2 ފިޔާ. 1 ލޮނުމެދު. ކުޑަ އިނގުރުކޮޅެއް. 1/3 ސަމުސާ ދިރި. 1/3 ސަމުސާ އަސޭމިރުސް. 1/3 ޖޯޑު ބާބަކިއު ސޯސް. ½ ޖޯޑު މޮޒޮރެއްލާ. ޕާރސްލޭ. ކުޑަ ތެޔޮފޮދެއް. ކުޑަ ބަޓާރ ކޮޅެއް

ބާބަކިއު ޗިކަން ވިތް ފަރާޓާ ތައްޔާރު ކުރާނެ ގޮތް:

ތަވާ އުނދުން މައްޗަށް އުދުމަށްފަހު ކުޑަ ތެޔޮކޮޅެއް އަޅައި ތެޔޮކޮޅު ހޫނު ކޮށްލާށެވެ. ތެޔޮކޮޅު ހޫނުވުމުން ފިޔާ، އިނގުރު، ލޮނުމެދު، އިނގުރު އަސޭމިރުސް އަދި ދިރިކޮޅު އެޅުމަށްފަހު ފިޔާކޮޅު ރަތްވަންދެން ކާހާލާށެވެ.

ދެން އޭގެ ތެރެއަށް ޗިކަން ކޮޅު ކޮށާލާފައި އަޅާށެވެ. އަދި ބާބަކިއު ސޯސް ކޮޅު އެއްކޮށްލުމަށްފަހު މަސްކޮޅު ރޯފިލަންދެން ބަހައްޓާށެވެ.

އެއަށްފަހު އެހެން ތަވައެއްގައި ބަޓާރ ކޮޅު ހޫނުކޮށްލުމަށްފަހު ފަރާޓާ ފިހުމަށް ލާށެވެ. ފަރާޓާ ތަވަޔަށް ލުމަށްފަހު މޮޒޮރެއްލާ އަޅާށެވެ. އަދި އެއަށްފަހު މަސްކޮޅު އަޅާ އޭގެ މަތިން އަނެއްކާ މޮޒޮރެއްލާ އެޅުމަށްފަހު އެހެން ފަރާޓާ އެއް މަތިން އަޅާށެވެ. އަދި ރީތިކޮށް ދެފުށް ފިހެލާށެވެ.

މިހާރު އެހުރީ ބާބަކިއު ޗިކަން ވިތް ފަރާޓާ ތައްޔާރު ކުރެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން