އަހުމަދު ޔާމިން   30 މާރިޗު 2024 - 12:10
ގާރލިކް ޝްރިމްޕް ސްޕެގެޓީ ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި:

3 ސަމުސާ ބަޓަރ. 3 ލޮނުމެދު (ކުދިކޮށް ކޮށާފަ). 1 ޖޯޑު ސްރިމްޕް. 1 ސައިސަމުސާ ލޮނު. 1 ސައިސަމުސާ އަސޭމިރުސް. 1 ސަމުސާ ތެޅި މިރުސް. 2 ސަމުސާ ލުނބޯ ހުތް. ¼ ޖޯޑު ޕާރސްލޭ އަދި 1 ތަށި ސްޕެގެޓީ (މަޑުކޮށްފަ).

ގާރލިކް ޝްރިމްޕް ސްޕެގެޓީ ތައްޔާރު ކުރަށްވާނެ ގޮތް:

ތަވާ އުދުން މައްޗަށް އުދުމަށްފަހު ބަޓަރކޮޅު އަޅާށެވެ. ބަޓަރކޮޅު ހޫނުވުމުން ލޮނުމެދުކޮޅު އަޅާލާށެވެ. އަދި ލޮނުމެދުކޮޅު ރަނގަޅަށް ރަހަ ނިކުންނަވަރަށް މޯޅިކޮށްލާށެވެ.

އެއަށްފަހު ސްރިމްޕް ކޮޅާ، އަސޭމިރުސް، ލޮނު އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ލުނބޯހުތް ޖެހުމަށްފަހު ތެޅިމިރުހާއި ޕާރސްލޭ އަޅާ އެއްކޮށްލާށެވެ.

އަދި އެންމެފަހުން ސްޕްގެޓީ އަޅާ އެއްކޮށްލާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން