މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް މި ސަރުކާރުން ހިއްކަން ފަށާފައިވާ ފުށިދިއްގަރުފަޅާއި ގުޅޭ މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅިފައިވާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް ބައެއް މީޑިއާތަކަށް ވިދާޅުވީ، ރަސްމާލެ ޕްރޮޖެކްޓާއި ގުޅޭ މައްސަލައެއް އޭސީސީއަށް ހުށަހެޅިފައިވާކަމަށެވެ. އަދި އެ މައްސަލަ މިހާރުދަނީ އޭސީސީން ތަހުގީގު ކުރަމުންކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ނަމަވެސް، ތަހުގީގުކުރަނީ ކޮން މައްސަލައެއްކަމެއް އަދި އެ މައްސަލަ ހުށަހެޅީ ކޮން ފަރާތަކުންކަމެއް ވެސް އޭސީސީން ބުނެފައެއް ނުވެއެވެ.

ރަސްމާލެ ހިއްކުމުގެ ޕްރޮޖެކްޓަކީ މި ސަރުކާރުން މި އަހަރުގެ ބަޖެޓުގައި ހިމަނަން ބޭނުންވެގެން މަޖިލީހަށް ފޮނުވި ޕްރޮޖެކްޓެކެވެ. ނަމަވެސް، އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުންވަނީ ރަސްމާލެ ޕްރޮޖެކްޓް ބަޖެޓުން އުނިކޮށްފައެވެ. އެހެންވެ އެ މަޝްރޫއު ކުރިއަށްގެންދަން ފެށީ މާލެ ސަރަހައްދުން ބޭރުގެ ކުންފުންޏަކަށް ބޮޑު ބިމެއް ދީގެން ދައުލަތުގެ ބަޖެޓުން ފައިސާ ހަރަދު ނުކުރާ ގޮތަށެވެ.

އޭސީސީއަށް މައްސަލައެއް ހުށަހެޅި ބަލަން ފަށާފައި މިވަނީ ބޭރުގެ ކުންފުންޏަކަށް މާލެ ސަރަހައްދުން ބޮޑު ބިމެއް ދީގެން މާ ދުރުގައި އޮތް ތަނެއް ހިއްކުމަކީ އަގުގެގޮތުން ނުބައްދަލުކަމެއްކަމަށް ސިޔާސީ އެކި ފަރާތްތަކުން ބުނަމުން ދަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން