އަހުމަދު ޔާމިން   29 މާރިޗު 2024 - 9:8
ޗިކަން ސަމޯސާ ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި.

1 ސައި ސަމުސާ މުގުރި ދިރި. 1 ޖޯޑު ކުކުޅު މަސް (ފެނުކައްކައި ކުދިކޮށް ވީދާފައި). 1 ފިޔާ (ކިއުބްކޮށް ކޮށާފައި). 1 ލޮނުމެދު (ކޮށާފައި). 1 މިރުސް (ކޮށާފައި). 1/2 ސައި ސަމުސާ މުގުރި ހިކިމިރުސް. 4 ސައި ސަމުސާ ތެޔޮ. 1/2 ސައި ސަމުސާ އަސޭމިރުސް. 1/2 ސައި ސަމުސާ ގަރަމް މަސާލާ. ލޮނު (ރަހަ ލާ ވަރަށް). ތެޔޮ (ތެލުލުމަށް)

ފުށްގަނޑަށް ބޭނުންވާ ތަކެތި:

1/2 2 ޖޯޑު ފުށް. 1/4 ޖޯޑު ތެޔޮ. ލޮނުކޮޅެއް (ރަހަ ލާ ވަރަށް). ތާފަނާ ފެން (ފުށްގަނޑު މޮޑެވޭ ވަރަށް)

ޗިކަން ސަމޯސާ ތައްޔާރު ކުރާނެ ގޮތް:

ތަވާ އުނދުން މައްޗަށް އުދައި، 4 ސައިސަމުސާ ތެޔޮ އަޅާށެވެ. ދެން ދިރިކޮޅު އަޅައި ކުޑަކޮށް ފްރައިކޮށްލުމަށްފަހު، ފިޔާކޮޅާއި ލޮނުމެދުކޮޅު އަޅައިލާށެވެ. އަދި ފިޔާކޮޅު ކުޑަކޮށް މޯޅިކޮށްލާށެވެ.

ފިޔާކޮޅު މޯޅިވުމުން، އޭގެ ތެރެއަށް ކުކުޅުކޮޅާއި، އަސޭމިރުސް، މިރުސް، މުގުރި ހިކިމިރުސް، ލޮނު އަދި ގަރަމް މަސާލާކޮޅު އަޅައިލާށެވެ. އެއަށްފަހު ހުރިހާ އެއްޗެއް އެއްކޮށް އުނދުން މަތީގައި ބަހައްޓައިގެން ހަނާކޮށްލާށެވެ. ލޮނުރަހަ ހެޔޮވަރުކޮށްލުމުން، މަސްގަނޑު ތައްޔާރުކޮށް ނިމުނީ އެވެ.

ފުށްގަނޑުގެ ތެރެއަށް ލޮނު އަޅައި އެއްކޮށްލާށެވެ. އެއަށްފަހު ތެލާއި ފެން އަޅައިގެން ފުށްގަނޑު އޮމާންވަންދެން މޮޑެލާށެވެ. މޮޑުނު ފުށްގަނޑުން ގުޅަ ހަދާށެވެ. ކޮންމެ ގުޅައެއް ރޮށި ދަމާހެން، ދަމައިލާށެވެ. އަދި ހަތަރު ފަޅިއަށް ކަފައިލާށެވެ.

އިނގިލީގައި ފެންފޮދެއް ހާކައިލުމަށްފަހު، ކަފާލި ރޮށީގެ އެއް ފަރާތުގައި ހާކައިލާށެވެ. އަދި އަނެއް ފަރާތާއިއެކު ތަތްކޮށްލާށެވެ. ދެން އޭގެ ތެރެއަށް މަސް އަޅައި، ބަޖިޔާ ހަދާހެން މަތީބައިގައި ވެސް ފެން ހޭކުމަށްފަހު، ތިންކަނުން ރީތިކޮށް ބައްދައިލާށެވެ.

އެންމެ ފަހު ކަމަކަށް ތެޔޮގަނޑަށް ރަނގަޅަށް ހޫނު ކުރުމަށްފަހު، ތައްޔާރުކުރި ސަމޯސާތައް މަޑު މުށިކުލަ އަރަންދެން ތެލުލާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން