އަހުމަދު ޔާމިން   26 މާރިޗު 2024 - 10:11
އެގް ސެލަޑް ސޭންޑްވިޗް ހެދުމަށް ބޭނުންވާނެ ތަކެތި:

1 ބިހާއި (ފެނުކެއްކި)، 2 މޭޒުމަތީ ސަމުސާ މަޔޮނައިޒާއި، 2 މޭޒުމަތީ ސަމުސާ ޒައިތޫނި (ކުދިކޮށް ކޮށާފަ)، 1 މޭޒުމަތީ ސަމުސާ ފިޔާ (ކުދިކޮށް ކޮށާފަ)،  ރޯމިރުސް ކޮޅަކާއި، ލޮނުކޮޅަކާއި، 1 ލެޓިއުސް ފަތާއި، 2 ފޮތި ޕާން (ޓޯސްޓް ކޮށްފަ)

އެގް ސެލަޑް ސޭންޑްވިޗް ތައްޔާރު ކުރައްވާނެ ގޮތް:

އެންމެފުރަތަމަ ބިސް ކިއުބްކޮށް ކުދިކޮށް ކޮށާލާށެވެ. އެއަށްފަހު ފިޔާ، ޒައިތޫނި، މިރުސް، މަޔޮނައިޒް އަދި ލޮނު ލެއްވުމަށްފަހު، އުލެއް ބޭނުން ކޮށްގެން ހުރިހާ އެއްޗެއް ރަގަޅަށް މިކްސް ކޮށްލާށެވެ.

އެއަށްފަހު، ޕާން ފޮތި ޓޯސްޓް ކުރުމަށްފަހު އެއްފޮތި ޕާނުގެ މަތީގައި ލެޓިއުސް ފަތް ބޭއްވުމަށްފަހު އޭގެ މަތީގައި، ތައްޔާރުކުރެއްވި ސަލަޑް ރަގަޅަށް އަތުރާލާށެވެ. އެއަށްފަހު އަނެއް ޕާންފޮތި އޭގެ މަތީގައި ބާއްވާށެވެ.

މިހާރު އެހުރީ އެގް ސަލަޑް ސޭންވިޗް ތައްޔާރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން