އަހުމަދު ޔާމިން   25 މާރިޗު 2024 - 11:31
މިއަދު މި ގެނެސްދެނީ ގަބުޅި ބޯކިބާ ތައްޔާރު ކުރާނެ ގޮތެވެ.

ގަބުޅި ބޯކިބާ ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި:

2 ޖޯޑު ގާނާފަ ހުރި ގަބުޅި. 2/1 1 ޖޯޑު ހަކުރު. 1 ޖޯޑު ފުއް. 2 ސައިސަމުސާ ރޯޒް ވޯޓާރ. 3 ސައިސަމުސާ ފެން. 3 ބިސް.

ގަބުޅި ބޯކިބާ ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ އަވަން 300 ޑިގްރީގައި ޖައްސާ ރެޑީކޮށްލާށެވެ. އެއަށްފަހު މިކްސްޗަރަށް ހަކުރުކޮޅު އަޅާ މުގުރާލާށެވެ.

ހަކުރުކޮޅު ހިމުންވުމުން ބިސް އަޅާ ރަނގަޅަށް އެއްކޮށްލުމަށްފަހު ގަބުޅި، ފުއް، ރޯޒް ވޯޓާ އަދި ފެން އަޅާ ރަނގަޅަށް ގިރާލާށެވެ.

އެއަށްފަހު ޓްރޭއަށް އަޅައި 45 މިނެޓް ވަންދެން ފިހެލާށެވެ. ފިހެވުމުން 10 - 15 މިނެޓް ހިހޫ ކޮށްލަން ބަހައްޓަންވާނެއެވެ.

މިހާރު އެހުރީ ގަބުޅި ބޯކިބާ ތައްޔާރު ކުރެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން