އަހުމަދު ޔާމިން   24 މާރިޗު 2024 - 10:9
މިއަދު އަޅުގަނޑުމެން މި ގެނެސްދެނީ ޗީޒް ކޭކު ތައްޔާރު ކުރާނެ ގޮތެވެ. އެގޮތުން ޗީޒް ކޭކު ތައްޔާރު ކުރުމަށް ބޭނުންވާތަކެއްޗަކީ:

90 ގްރާމް ބަޓަރ. 4/3  ޖޯޑު ކާސްޓަރ ޝުގަރ. 1  ލުނބޯގެތޮށި (ގާނާފައި). 1  ލުނބޯގެހުތް. 300 ގ. ކޯޓެޑް ޗީޒް. 2  މޭޒުމަތީ ސަމުސާ ސެމޯލިނާ. 1/2  ޖޯޑު އާމަންޑްސް. 1/3  ޖޯޑު ހިކިމޭބިސްކަދުރު އަދި 2  ބިސް.

ޗީޒް ކޭކު ތައްޔާރުކުރާނެގޮތް:

ބަޓަރު ރަނގަޅަށް ގިރާލުމަށްފަހު ހަކުރާއި ލުނބޯތޮށިވެސް ބަޓަރާއި ރަނގަޅަށް މިކްސްކޮށް ލާށެވެ. ދެން ޗީޒްކޮޅާއި ބިހުގެ ގޮބޮޅި އެއްކޮށްފައި މިކްސްކޮށްލާށެވެ.

ބާކީހުރި ތަކެއްޗާއި ގިރާފައިހުރި ބައިތައް ރަނގަޅަށް އެއްކޮށްފައި ޓްރޭގައި ބަޓަރުހާކާލާފައި ފުށްގަނޑު ޓްރޭއަށް އެޅުމަށްފަހު އަވަނުން ފިހެލާށެވެ.

ކޭކް ހިހޫވުމުން އައިސިން ހަކުރު ކޮޅެއް ފުރާނާލާފައި ކޭކް މައްޗަށް ބުރުވާލާށެވެ.

މިހާރު މިވަނީ ޗީޒް ކޭކް ތައްޔާރުކޮށް ނިމިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން