އަބޫ މޫސާ އަލްޢަޝްޢަރީ ވިދާޅުވިއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ”ސުވަރުގޭގެ ކަންޒުތަކުގެ ތެރެއިން ކަންޒެއް ކަމުގައި ހިމެނޭ ކަލިމައެއް ދަސްކޮށްދެއްވަން ހެއްޔެވެ؟“

ދެންނެވީމެވެ. ”އާދޭހެވެ!“ ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. (އެއީ) لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ (އެވެ.)

މި ޒިކުރުގެ ތަފްޞީލަކީ ކޮބައިތޯ؟

ޢަރަބި ބަހުގައި ”الحَوْلُ“ ގެ މާނައަކީ ޙަރަކާތެވެ. ނުވަތަ އެއް ޙާލަތުން އަނެއް ޙާލަތަށް ބަދަލު ވުމެވެ. އަދި ”القُوَّةُ“ ގެ މާނައަކީ ބާރެވެ.

އެހެންކަމުން މިޒިކުރުގެ މުރާދަކީ؛ ހިތާމަވެރިކަމުންނާއި، ފާފަކުރުމުންނާއި، ނުކުޅެދުންތެރިކަމުންނާއި، ފަޤީރުކަމުންފަދަ އެންމެހާ ޙާލަތްތަކުން ރަނގަޅު ޙާލަތްތަކަށް ބަދަލުވެވޭހުށީ، އަދި އެ ބަދަލުވުމުގެ އާރާއިބާރު ވަނީ ހަމައެކަނި الله ގެ ޙަޟްރަތުންނެވެ.

އަދިވެސް ރިވާ ވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. (لاَ حَوْلَ وَلاَ قُوَّةَ إِلَّا بِاللَّهِ، فَإِنَّهَا كَنْزٌ مِنْ كُنُوزِ الجَنَّةِ)

މާނައީ: ”ފަހެ ހަމަ ކަށަވަރުން لاَ حَوْلَ وَلاَ قُوَّةَ إِلَّا بِاللَّهِ އަކީ ސުވަރުގޭގެ ކަންޒުތަކުން ކުރެ ކަންޒެކެވެ.“

މި ޛިކުރުގެ މާނައަކީ ”އެއްވެސް އާރެއް ބާރެއް މާތް ﷲ ގެ ވާގިފުޅާއެކުގައި މެނުވީ ނުވެއެވެ.“

މި ޛިކުރު ގިނަގިނައިން ކިޔުމަށް އެތަކެއް ޞަޙާބީންނަށް ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ވަޞިޔަތް ކުރައްވާފައެވެ. އަދި މި ޛިކުރަކީ ސުވަރުގޭގެ ޚަޒާނާތަކުގެ ތެރެއިން ޚަޒާނާއެއް ކަމުގައިވެސް ޙަދީޘްކުރެއްވިއެވެ.

މި ޛިކުރު ގިނަގިނައިން ކިޔައިފިނަމަ، މާތް ﷲގެ ޙަޟުރަތުން ތިބާއަށް ގިނަގުނަ ނިޢުމަތްތަކާއި ބަރަކާތް އޮހިގެންދާތަން ތިބާއަށް ފެންނާނެކަން ކަށަވަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން