އަހުމަދު ޔާމިން   23 މާރިޗު 2024 - 8:26
އަލަނާސި ބަތް
އަލަނާސި ބަތް
އަލަނާސި ބަތް ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެތި:

4 ޖޯޑް ބާސްމަތީ ރައިސް (ކައްކާފައި)، 2 ޖޯޑު އަލަނާސިއާއި (ކުދިކޮށް ކޮށާފައި)، 2 ޖޯޑު ބޯންލެސް ޗިކަންއާއި (ކުދިކޮށް ކޮށާފައި)، 2 ލޮނުމެދާއި (ޗިސްކޮށްފައި)، 1 ފިޔާއާއި (ކުދިކޮށް ކޮށާފައި)، 2 ކެރެޓާއި (ހިމަކޮށް ކޮށާފައި)، 1 މޭޒުމަތީ ސަމުސާ ތެލާއި، 1/4 މޭޒުމަތީ ސަމުސާ މުގުރި އަސޭމިރުހާއި، 1/4 މޭޒުމަތީ ސަމުސާ އިނގުރާއި (ގާނާފައި)، 3 މޭޒުމަތީ ސަމުސާ ސޯޔާ ސޯސްއާއި، 1/2 ޖޯޑު ކެބެޖާއި (ތުނިކޮށް ކޮށާފައި)، 1/2 މޭޒުމަތީ ސަމުސާ އަޖިނަމޮޓޯއާއި، 4 ހިކަނދިފަތާއި، ހިކި މޭބިސްކަދުރު ކޮޅަކާއި، ކެޝޫނަޓް ކޮޅަކާއި، ރީނދޫ ކޮޅަކާއި، އޮލިވް އޮއިލް ފޮދެއް

އަލަނާސި ބަތް ތައްޔާރު ކުރާނެ ގޮތް:

ތަވާއަށް ތެޔޮފޮދެއް އެޅުމަށްފަހު ކުކުޅުކޮޅު ރަނގަޅަށް ރޯފިލުވާލާށެވެ. ސޯޔާ ސޯސް، އޮލިވް އޮއިލް، އިނގުރު އަދި އަސޭމިރުސް އެއްކުރުމަށް ފަހު ބަހައްޓާށެވެ.

ތަވާއަށް ކުޑަ ތެޔޮ ފޮދެއް އަޅާލާފައި ތެޔޮ ފޮދު ހޫނު ވީމާ ފިޔާ، މިރުސް، ކެބެޖް، ކެރެޓް އެއްކޮށް އަޅާލާފައި މަޑު ގިނީގައި ދޭފަތުން ހަލަމުން ދާށެވެ. އެތަކެތި ކުޑަކޮށް ހަނާވުމުން ބަތް ފިޔަވައި ބާކީ ތަކެތި އަޅާލާފައި ކުޑަކޮށް މޯޅިކޮށްލާށެވެ.

އެއަށްފަހު ބަތާއި، ކުރިން ރޯފިލުވި ކުކުޅާއި އަލަނާސި އެޅުމަށްފަހު ރަނގަޅަށް އެއްކުރަމުން ގެންދާށެވެ. އަދި މީގެ ތެރެއަށް ކުރިން ތައްޔާރު ކުރި ސޯޔާ ސޯސް ޕޭސްޓު އަޅައިގެން ކުޑައިރުކޮޅަކު ކައްކާލާށެވެ.

މިހާރު އެހުރީ އަލަނާސިބަތް ތައްޔާރު ކުރެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން