އަހުމަދު ޔާމިން   22 މާރިޗު 2024 - 11:31
އެޕަލް ޕައި
އެޕަލް ޕައި
އެޕަލް ޕައި ހެދުމަށް ބޭނުންވާތަކެތި:

4 ފެހި އާފަލާއި، 4 މޭޒުމަތީ ސަމުސާގެ ބްރައުން ޝުގަރއާއި، 4 މޭޒުމަތީ ސަމުސާގެ އާދައިގެ ހަކުރާއި، 1/2 1 ސައިސަމުސާ މުގުރި ފޮނިތޮއްޓާއި، 3 ޖޯޑު ފުށާއި، 200 ގްރާމް ބަޓަރާއި، އަދި ފެންފޮދެއް

އެޕަލް ޕައި ތައްޔާރުކުރާނެ ގޮތް:

އާފަލުގެ ތޮށި މަށާލުމަށްފަހު ތުނިކޮށް ދިގުކޮށް ކޮށާށެވެ. ދެން ތެއްޔަކަށް އާފަލު، މުގުރި ފޮނިތޮށި އަދި ދެވައްތަރުގެ ހަކުރު އަޅާ އެއްކޮށްލުމަށްފަހު ކުޑައިރުކޮޅަކަށް ފެންގަނޑު ހިނދެންދެން ކައްކާލާށެވެ. ދެން އެއަށްފަހު ހިހޫކުރަން ބަހައްޓާށެވެ.

ތައްޓަކަށް ފުށާއި ބަޓަރ އަޅާ އެއްކޮށްލުމަށްފަހު ފެންފޮދެއް ޖަހައިގެން ފުއްގަނޑު މޮޑެލާށެވެ. ދެން ފުއްގަނޑު ދެބުރިއަށް ބުރިކޮށްލުމަށްފަހު އެއްބުރި ގުޅަޖަހާލާފަ ފިހަން ގެންގުޅޭ ޕޭން އާއި އެއްވަރަށް ދަމާލުމަށްފަހު ޕޭންގެ ތެރެއަށް އަޅައި ފުއްގަނޑު އެއްވަރުކޮށްލާށެވެ.

އެއަށްފަހު ފުއްގަނޑު މައްޗަށް ބޭނުންވާވަރަށް އެޕަލް ފިލިން އަޅައި އެއްވަރުކޮށްލާށެވެ. ދެން ފުއްގަނޑުގެ އަނެއްބައި ދަމާލުމަށްފަހު ހިމަދިގުކޮށް ކަފާލާށެވެ. އަދި އެޕަލް ފިލިންގެ މަތީގައި އެއްފަށް މަތިން އަނެއްފަށް ދަށުން ވާގޮތަށް ވިޔެލާށެވެ. ދެން މަތީގައި ބިސްހާކާފަ ފިހެލާށެވެ.

މިހާރު އެހުރީ އެޕަލް ޕައި ތައްޔާރުކުރެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން