އަހުމަދު ޔާމިން   17 މާރިޗު 2024 - 9:33
ކަދުރު ކޭކް އެޅުމަށް ބޭނުންވާ ތަކެތި:

1 ޖޯޑު ކަދުރު (އޮށް ނަގައި ކޮށާފައި)، 1⁄2 ޖޯޑު ކެކި ކެކި ހުރި ފެނާއި، 1 ސައިސަމުސާ ބޭކިންގް ޕައުޑަރއާއި، 1 ޖޯޑު ފުށާއި،

1⁄3 ސައިސަމްސާ ލޮނާއި، 2⁄3 ޖޯޑު ހަކުރާއި، 1⁄3 ޖޯޑު ބަޓަރު (ދިޔާކޮށް ހިހޫކޮށްފައި)، 1 ބިހާއި، 1 ސައިސަމްސާ ވެނީލާ އެސެންސް.

ތައްޔާރުކުރާނެ ގޮތް:

ކަދުރާއި ކެކި ކެކި ހުރި ފެނާއި ބޭކިންގް ސޮޑާ ކުޑަ ބޯތަށްޓަކަށް އަޅައި އެއްކޮށްލުމަށްފަހު 30 މިނިޓު ވަންދެން ބަހައްޓާށެވެ. ފުށާއި ލޮނު ބޯތަށްޓެއްގެ ތެރެއަށް ފުރާނާލާފައި ބަހައްޓާށެވެ. ހަކުރާއި، ބަޓަރާއި ބިސް ބޮޑު ބޯތަށްޓަކަށް އަޅާ ރަނގަޅަށް ސަމުސަލަކުން ނުވަތަ އުލަކުން ގިރާލާށެވެ.

އޭގެ ތެރެއަށް ފޯކުރަން ބެހެއްޓި ކަދުރުކޮޅު އަޅާ އެއްކޮށްލާށެވެ. ދެން ވެނީލާ އެސެންސް އަޅާފައި އަނެއްކާވެސް އެއްކޮށްލާށެވެ. ދެން އޭގެ ތެރެއަށް މަޑުމަޑުން އެއްކުރަމުން ފުށް އަޅާލާށެވެ. ގިރާނީ ހުރިހާ ފުށެއް އެއްވަންދެންނެވެ.

އެއަށްވުރެ ބޮޑަށް ގިރައިފިނަމަ ކޭކު ހަރުވެ އޭގައި ރަބަރު ގޮތެއް ހުންނާނެއެވެ. 7 އިންޗީގެ ޓްރޭއަކަށް އެއްކުރި ސާމާނުއަޅައި 175 ޑިގްރީ ސެލްސިއަސްއަށް ހޫނުކޮށްފައިވާ އަވަނަށްލައި ފިހެލާށެވެ. ކޭކުގެ މެދަށް ދަތްކޮށްޓިއެއް ހަރާލާފައި ނަގާއިރު އެ ސާފުކޮށް އޮންނާނެ ވަރަށް ފިހާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން