ތިބާއަށް ޢިލްމުވެރިއަކަށް ވެވެން އޮތްނަމަ ޢިލްމުވެރިއަކަށް ވާށެވެ. ޢިލްމުވެރިއަކަށް ވެވެން ނެތްނަމަ، ކިޔަވާ ކުއްޖަކަށް ވާށެވެ. ކިޔަވާ ކުއްޖަކަށް ވެވެން ނެތްނަމަ، އެބައިމީހުންގެ ޢިލްމު ފަތުރާށެވެ. ޢިލްމު ފެތުރެން ނެތްނަމަ، އެބައިމީހުން ދެކެ ލޯބިވާށެވެ.

މީގެން އެއްވެސް ކަމެއް ކުރެވެން ނެތްނަމަ، އެންމެ ކުޑަމިނުން އެބައިމީހުންނަށް ނަފްރަތު ނުކުރާށެވެ.

ޢިލްމު ފެތުރަމަކީ ވަރަށް އަޖުރު ބޮޑުކަމެކެވެ. އަބަދުވެސް ޢިލްމުވެރިންގެ ފަރާތުން ދީނީ މަޢުލޫމާތު ޝެއަރކޮށް އެހެން މީހުންނަށް ފޯރުކޮށް ދޭށެވެ. އަދި ދަރުސްތައް ބޭއްވުމާއި ފޮތް ޗާޕުކުރުން ފަދަ ކަންތައްތަކަށް ހޭދަ ކުރާށެވެ. ތިބާއަށް ވެވެން އޮތް ގޮތަކުން ޢިލްމު ފަތުރާށެވެ.

ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވެއެވެ.

«مَن دَلَّ عَلى خَيرٍ فَلَه مِثْلُ أجْرِ فَاعِلِهِ»

މާނައީ: "ހެޔޮ ކަމަކަށް މަގުދައްކައިފިމީހަކަށް އެކަންކުރާ މީހާއަށް ލިބޭފަދަ އަޖުރާއި ޘަވާބު ލިބޭ ހުއްޓެވެ."

ابن الجوزي رحمه الله ވިދާޅުވެފައިވެއެވެ.

"ومن أحب ألا ينقطع عمله بعد موته فلينشر العلم"

މާނަ: "މަރުވުމަށްފަހު އެމީހެއްގެ ޢަމަލުތައް މެދުނުކެނޑެން އެދޭ މީހަކު، ޢިލްމު ފަތުރާށެވެ!"

-ޝިރުހާން ޢަލީގެ ލިޔުއްވުމަކުން ނަކަލު ކޮށްފައި-


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން