އަހުމަދު ޔާމިން   16 މާރިޗު 2024 - 10:18
ޗިކަން ލަޒާނިޔާ ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި:

1 ޕެކެޓް ލަޒާނިޔާ ޝީޓް

ކުކުޅު ސޯސް ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި:

2 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް، 6 ލޮނުމެދު ( ޗަސްކޮށްފައި)، 1 ބޮޑު ފިޔާއާއި، 6 އިންޗި ސެލެރީ ސްޓިކް (ގާނާފައި)، 2 ކެރެޓް ( ގާނާފައި )، 80 ގްރާމް ޓޮމާޓޯ ޕޫރީއާއި، 50 ގްރާމު ޓޮމާޓޯ ޕޭސްޓާއި، 500 ގުރާމު ބޯންލެސް ޗިކަންއާއި، 3 ސައި ސަމުސާ ހަކުރާއި، 1 ސައިސަމުސާ އޮރިގާނޯއާއި، 2 ސައި ސަމުސާ މުގުރި އަސޭމިރުހާއި، ރަހަލާވަރަށް ލޮނު.

ތައްޔާރުކުރާނެ ގޮތް:

ބޮޑު ތަވައެއްގައި އޮލިވް އޮއިލް އަޅައިގެން ހޫނު ކޮށްލާށެވެ. އެއަށްފަހު ލޮނުމެދު، ސެލެރީ، ކެރެޓް އަޅައި މަޑުގިނިމަތީގައި ކައްކާލާށެވެ. އެއަށްފަހު ކުކުޅުމަސްތައް މުގުރުމަށްފަހު އަޅާލާށެވެ. ދެން ގަނޑު ނުވާނެހެން އުލަކުން ނޫނީ ދޭފަތަކުން ހަލަން ވާނެއެވެ. ދެން ލޮނު ހެޔޮވަރު ކުރުމަށްފަހު ޓޮމާޓޯ ޕޭސްޓް، ޓޮމާޓޯ ޕޫރީ، އޮރިގާނޯ، އަސޭމިރުސް، ހަކުރު އެޅުމަށްފަހު ރަނގަޅަށް ކައްކާލާށެވެ. މި ގޮތަށް ކައްކާއިރު ވަރަށް މަޑުގިނީގައި ބަހައްޓާށެވެ. މި ކުކުޅު ސޯސް އެއްދުވަސް ކުރިން ހަދާފައިވެސް ބެހެއްޓި ދާނެއެވެ. ފުރިޖައްލާފައި ބެހެއްޓުމަށްފަހު ލަޒާނިޔާ އެއްކުރަންވުމުން ނަގައި ހޫނު ކޮށްލާނީއެވެ.

ވައިޓް ސޯސް ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި:

2/1 ޖޯޑު ބަޓަރާއި، 2/1 ޖޯޑު ގޮދަން ފުށާއި، 4 ޖޯޑު ފުލްކްރީމް މިލްކާއި، 1 ފިޔާޔާއި، 6 ކަރަންފުލާއި، 1 ސަމުސާ މުގުރި އަސޭމިރުހާއި، 2 ޖޯޑު މޮޒެރެއްލާ ޗީޒް ( މައްޗަށް އެޅުމަށް)، ކުޑަ ލޮނުކޮޅެއް.

ހައްދަވާނެ ގޮތް:



ތެއްޔެއްގައި ބަޓަރ ދިޔާ ކުރުމަށްފަހު އެއަށް ފުށް އަޅާށެވެ. ދެން ފުށް އެއްކޮށް ގަނޑު ފިލަން ދެން ދޭފަތަކުން ހަލާށެވެ. އެއަށްފަހު އެއަށް މިލްކު އަޅައި އަސޭމިރުސް އަޅައި ރަނަގަޅަށް ކައްކާ ލާށެވެ. އުނދުން ވަރަށް މަޑުކޮށެވެ. ނޫނީ (ޑަބަލްބޮއިލިން) އެވެ. މިގޮތަށް ސޯސް ކައްކާއިރު ފިޔާ ނޮޅާލުމަށް ފަހު އެއަށް ކަރަންފޫތައް ހަރާލާފައި ސޯސް އާއި އެއްކުރުމުން ފަހުން ނަގަން ފަސޭހަވާނެއެވެ. މި ގޮތަށް އޮލަ ސޯސް ގަނަޑަކަށް ވައްދެން ކައްކަންވާނެއެވެ. ތެލީގެ ފުލުގައި ޖެހުނަ ނުދީ އަދި ގަނޑުވިޔަނުދީ ދޭފަތަކުން ހަލަން ވާނެއެވެ.

ލަޒާނިޔާއަށް އެއްކުރުން:

ލަޒާނިޔާ ތައްޔާރުކުރަން ބޭނުންވާ ތަވާގައި ފުރަތަމަ ކުކުޅު ސޯސް އަޅައި ފަތުރާލާށެވެ. އެއަށް ފަހު ވައިޓް ސޯސް އަޅާށެވެ. ދެން ލަޒާނިޔާ ޝީޓް ތައް ހޫނު ފެނަށް ލުމަށް ފަހު ނަގާ އަތުރާލާށެވެ. މި ގޮތަށް ފަހަރަކު ލެޔާ އެއް އަޅަމުން ގެންދާށެވެ. އެންމެ މައްޗަށް ވައިޓް ސޯސް އެޅުމަށްފަހު ޗީޒް އަޅާށެވެ. އެއަށްފަހު އަވަން 180 ޑިގިރީގައި ހޫނު ކުރުމަށް ޖެއްސުމަށްފަހު އަވަނަށް ލައި ޗީޒްތައް އެއްކޮށް ވިރެންދެން ބަހައްޓާލާށެވެ. ގާތްގަޑަކަށް 15 ވަރަކަށް މިނެޓް ރަނގަޅުވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން