އަހުމަދު ޔާމިން   15 މާރިޗު 2024 - 9:55
ޗިކަން ޝަވަރުމާ ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި ތިރީގައި އެވަނީއެވެ.

ބްރެޑް ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެތި:

1 ޖޯޑު ފުށާއި، 2/1 ޖޯޑު ފުލް ކްރީމް މިލްކާއި، 2/1 ސައި ސަމްސާ ހަކުރާއި، 1 ސައި ސަމްސާ އީސްޓާއި، 2/1 ސައި ސަމްސާ ލޮނު

ހައްދަވާނެ ގޮތް:

ބްރެޑް ތައްޔާރު ކުރަން ބޭނުންވާ ހުރިހައި ތަކެތި އެއްކޮށް މޮޑެލާފަ 15 މިނެޓް ވަންދެން ބަހައްޓާށެވެ. އެއަށް ފަހު ގުޅަހަދާ ވަށްކޮށް ރޮށި ދަމާ ފިހެލާށެވެ.

ފިލިންގ ތައްޔާރުކުރުން:

ބޭނުންވާނެ ތަކެތި:

300 ގުރާމު ޗިކަން ބްރެސްޓާއި، 1 ސައި ސަމްސާ ލޮނުމެދު ޕޭސްޓާއި، 2 މޭޒުމަތީ ސަމްސާ ޔޯގަޓާއި، 1 ސައި ސަމްސާ އަސޭމިރުހާއި، 1 މޭޒުމަތީ ސަމްސާ ލައިމް ޖޫހާއި، 1 ސައި ސަމްސާ ދިރިއާއި، 1 ސައި ސަމްސާ ޕައުޑަރ މިރުހާއި، 2/1 ސައި ސަމްސާ ޖިންޖަރ ޕޭސްޓް

ގާނިޝް ކުރުމަށް:

މަޔޮނައިޒް (ބްރެޑް ގެ މަތީގައި ހާކާލުމަށް)، ލެޓިއުސް (ކުދިކޮށް ކޮށާފަ، ބްރެޑް ގެ މައްޗައް އަޅާލެވޭ ވަރަށް) ، ކެރެޓް (ގާނާފައި، ބްރެޑް ގެ މައްޗައް އަޅާލެވޭ ވަރަށް)، ކެބެޖް (ކުދިކޮށް ކޮށާފަ، ބްރެޑް ގެ މައްޗައް އަޅާލެވޭ ވަރަށް)

ހައްދަވާނެ ގޮތް:

ފިލިންގ އަށް ބޭނުންވާ ހުރިހާ އެއްޗެއް އެއްކުރުމަށް ފަހު 30 މިނެޓް ވަންދެން މެރިނޭޓް ކުރަން ބަހައްޓާށެވެ. ދެން އަވަނުން ނުވަތަ ތަވައިން ފިހެލާށެވެ. އަދި ފިހެފައިވާ ރޮށީގައި މަޔޮނައިޒް ހޭކުމަށް ފަހު، ބްރެޑް ގެ މައްޗަށް ފިހެފައި ހުރި ފިލިންގ ކޮޅު އަޅާފައި އޭގެ މައްޗަށް ގާނިޝްކުރުމަށް ބޭނުންވާ ހުރިހައި ތަކެތި އެޅުމަށް ފަހު ބޭކިން ޕޭޕަރ ގައި އޮޅާލާށެވެ. ދެން މެދުން ކަފާލާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން