އަހުމަދު ޔާމިން   14 މާރިޗު 2024 - 11:2
ތިރީގައި އެވަނީ ކެރެޓް ކޭކެއް ތައްޔާރު ކުރެވިދާނެ ގޮތެކެވެ.

ކެރެޓް ކޭކު ތައްޔާރު ކުރުމަށް ބޭނުންވާނީ 550 ގްރާމް ހިމުން ހަކުރު. 12 ގްރާމް ލޮނު. 450 ގްރާމް ގޮދަން ފުށް. 10 ގްރާމް މުގުރި ފޮނިތޮށި. 7 ގްރާމް ބޭކިންގ ޕައުޑަރ. 2 ގްރާމް ބޭކިންގ ސޮޑާ. 7 ކުކުޅު ބިސް. 400 މިލިލީޓަރު ކުކިންގ އޮއިލް. 500 ގްރާމް ކެރެޓު ( ގާނާފައި). 155 ގްރާމް ކަނަމަދު

ކެރެޓް ކޭކު ތައްޔާރުކުރާނެގޮތް:

ކެރެޓް ކޭކް ތައްޔާރު ކުރުމަށްޓަކައި ފުރަތަމަ ގޮދަން ފުށާއި ބޭކިން ޕައުޑަރ އާއި، ބޭކިން ސޮޑާ އާއި މުގުރި ފޮނިތޮށިކޮޅު އަދި ލޮނު އެޅުމަށްފަހު ވަރަށް ރަނގަޅަށް އެއްކޮށްލާށެވެ. އަދި ފުރާނާލުމަށްފަހު އެހެން ތައްޓަކަށް އަޅާލާށެވެ.

އެއަށްފަހު މިކްސްޗަރަކުން ކުކުޅު ބިސް ރަނގަޅަށް އޮލަވަންދެން މެދުމިނެއްގައި މިކްސް ކޮށްލުމަށްފަހު ތިން މިނެޓް ވަންދެން ބާރު ސްޕީޑުގައި މިކްސް ކޮށްލާށެވެ. އަދި އެއަށްފަހު ހަކުރު އަޅާފައި ބާރަށް މިކްސް ކުރާށެވެ. (އިތުރު 3 މިނެޓް)

އެއަށްފަހު ތަންކޮޅެއް ފުން ތަށްޓަކަށް އެޅުމަށް ފަހު ގޮދަންފުށް އެއްކޮށްލާނީއެެވެ. އަދި ގާނާފައި ހުރި ކެރެޓާއި ކަނަމަދުވެސް އެއްކޮށްލާނީއެވެ.

ދެން ކޭކް ފިހުމަށް ތައްޔާރުކޮށްފައި ހުރި ޓްރޭގައި 170 ޑިގްރީން މަތީގައި ރަނގަޅަށް ކުލަ އަރަންދެން ފިހެލުމުން ކެރެޓް ކޭކް ހުންނާނީ ތައްޔާރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން