އަހުމަދު ޔާމިން   12 މާރިޗު 2024 - 10:1
ތިރީގައި މިވަނީ މިނީ ޑޯނަޓް (ސޮފިނަރ ވެފަލް މޭކަރ) އިން ފިހުމަށް ޚާއްސަ ގޮތެކެވެ.

މިނީ ޑޯނަޓް ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި:

1 ޖޯޑު ފުށް. 1/2 މޭޒުމަތީ ސަމްސާ ބޭކިންގ ޕައުޑަރ. 1/8 ސައިސަމްސާ ލޮނު. 1/2 ޖޯޑު ހަކުރު. 1/2 ޖޯޑު ދިޔާ ކިރު (ފުލް ކްރީމް). 4 މޭޒުމަތީ ސަމްސާ ތެޔޮ. 1 ސައިސަމްސާ ވެނީލާ އެސެންސް. 2 ބިސް

ކްރީމް ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި:

120 ގ ވައިޓް ޗޮކޮލެޓް (ކުކިންގ). 1 ޖޯޑު ދިޔާ ކިރު (ފުލް ކްރީމް). 1/3 ޖޯޑު ގެރިކިރު

ތައްޔާރުކުރާގޮތް (މިނީ ޑޯނަޓް):

ބޯތައްޓަކަށް ފުށާއި ބޭކިންގ ޕައުޑަރާއި ލޮނާއި ހަކުރު އަޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު އޭގެތެރެއަށް ކިރާއި ތެލާއި ވެނީލާ އެސެންސާއި ބިސް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އެއްކޮށް ނިމޭއިރު އެއްވެސް ވަރަކަށް ލަންބްސް (ނުގިރޭ ފުށްކޮޅެއް) ހުރެގެންނުވާނެއެވެ. އަވަހަށް އެއްކުރުމަށް ހޭންޑް މިކްސްޗަރއެއް ބޭނުންކުރެވިދާނެއެވެ.

ފުށްގަނޑު މިކްސް ކުރެވުމުން ހުންނާނީ ކޭކް ބެޓަރ ގޮތަށެވެ. އެއަށްފަހު ސޮފިނަރ ވެފަލް މޭކަރގެ ޑޯނަޓް ފިހުމަށް ޚާއްސަ ޓްރޭގައި ތެޔޮ ކޮޅެއް ހާކާލާފައި ކުޑަ އުނދުޅިއަކުން ތައްޔާރު ކުރެވުނު ފުށްގަނޑު އަޅަމުން ފިހަމުންދާށެވެ.

ތައްޔާރުކުރާގޮތް (ފިލިންގ):

ކުޑަ ތެއްޔަކަށް ކިރާއި ގެރިކިރާއި އަދި ވައިޓް ޗޮކޮލެޓް އަޅައި މަޑުގިނީގައި ކައްކަމުންގޮސް އެއްކޮށް އޮލަވުމުން އުނދުން ނިވާލުމަށްފަހު ހޫނުުކަން ނުކެނޑެނީސް ޑޯނަޓްތަކުގެ މަތީބައިގައި ހާކާލާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން