އަހުމަދު ޔާމިން   11 މާރިޗު 2024 - 16:49
ތިރީގައި މިވަނީ ތަންކޮޅެއް ލުއި ގޮތަކަށް 4 މީހުނަށް ރޯދަ ވީއްލުމަށްޓަކައި ބަރގާ ތައްޔާރު ކޮށްލެވިދާނެ ގޮތެކެވެ.

1 ކިލޯ ބީފް (މިންސްޑް)

ލޮނު އަދި މުގުރި އަސޭމިރުސް (ރަހަލާ މިންވަރަށް)

1.5 މޭޒުމަތީ ސަމްސާ ކައްކާ ތެޔޮ

4 ފޮތި ޗީޒް

4 ބާގާ ބަނަސް

ފުދޭނީ: 4 މީހުންނަށް

 

ބީފް ހަތަރު ބައި ކޮށްލުމަށް ފަހު، ލޮނު ކޮޅަކާއި އަސޭމިރުސް ކޮޅެއް އަޅައި ފަސް ވަރަކަށް މިނެޓު ވަންދެން މަޑު ގިނީގައި ތެލުލާށެވެ. ބޭނުން ނަމަ ބަނަސް ވެސް ފިހެލެވިދާނެ އެވެ.

ބީފް ތެލުލެވުމުން، ބަނަސް ދެފަޅިއަށް ފަޅާލުމަށް ފަހު، މެދަށް ބީފްކޮޅު ލާށެވެ. އެއަށްފަހު އޭގެ މަތީގައި ޗީޒް ފޮއްޗެއް ބާއްވާށެވެ. މަތީގައި ބަނަސް ފަޅި ބޭއްވުމަށްފަހު، ބާގާ ވަށައިގެން ފޮއިލް އޮޅާލާށެވެ.

އެއަށްފަހު ޗީޒް ސްލައިޒްކޮޅު މެލްޓްވަންދެން އަވަނަށްލައި ފިހެލާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން