މީގެ 400 އެއްހާ އަހަރު ކުރިން، ހއ. ބާރަށުގައި ބޮޑު ތަކުރުފާނު އިންދެވި ކަމަށް ބުނާ ކާނިގަހުގައި ރޯކޮށްލައިފިއެވެ.
ރާއްޖޭގެ ތާރީޚީ ލިޔުންތަކުގައިވާ ގޮތުން އެ ގަހަކީ ކަޅުއޮށްފުންމި އަލަށް ބަންނަވައިގެން އޭގެ ރިޔާ ފެއްސެވުމަށް ބޮޑު ތަކުރުފާނު ހއ. ބާރަށުގައި ޖެއްސެވި ކަޑައިން ހެދި ބޮޑުވި ގަހެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން އެގަހުގައި ރޯކޮށްލާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. އެ ކާނި ގަހުގައި ހުޅު ޖެހުމުގެ ސަބަބުން އެ ގަސް ވަނީ ވަރަށް ބޮޑަށް އަނދާފައެވެ.
ކާނި ގަހުގައި ރޯކޮށްލުމާ ގުޅިގެން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވަނީ އެކަން ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ގޮވާލައްވައިފަ އެވެ.
"މިއީ ވަރަށް ހިތާމަހުރި، އަޅުގަނޑު ކަންބޮޑުވާ ކަމެއް. ރާއްޖޭގައި ހުރި ތާރީހީ އަދި އާސާރީ މިފަދަ ތަކެއްޗަށް ގެއްލުންދޭ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަންޖެހޭ،" ވަޒީރު ވިދާޅުވެފައިވެއެވެ.
ބާރަށުގެ ކާނިގަސް އެރަށު ކައުންސިލުން ބަލަހައްޓަމުން އަންނަނީ އާސާރީ ތަރިކައެއްގެ ގޮތުގަ އެވެ.
މިކަމާ ގުޅިގެން މިހާތަނަށް ފުލުހުން ރަސްމީކޮށް ބަހެއް ބުނެފައެއް ނުވެއެވެ.

Miee varah hithaamahuri, alhugandu kanboduvaa kameh! Raajjeygai huri thaareekhee adhi aasaaree mifadha thakehchah gellundhey massala jinaaee massalaehge gothugai thahuqeequ kuranjehey. https://t.co/KY5zBqNAcu
— Adam Shareef Umar (@Adamshareefz) February 28, 2024
ބާރަށުގެ ކާނިގަސް އެރަށު ކައުންސިލުން ބަލަހައްޓަމުން އަންނަނީ އާސާރީ ތަރިކައެއްގެ ގޮތުގަ އެވެ.
ރޭގެ ވަގުތެއްގައި މިގަހުގައި ހުޅުޖަހައި އަންދާލައިފި. ބެލެވޭގޮތުގައި މިއީ ސިޔާސީ ހިޔާލުތަފާވުމުގެ ތެރޭން ހިނގިކަމެއް. ދެރަވަރު.😢 މިކަން ކުއްވެރިކުރަން. ކުރިބަޔަކަށް ހައްގު އަދަބު ދިނުމަށް ގޮވާލަން.
— mfurqaan (@mfruqan) February 28, 2024
ފޮޓޯ: އަލީ ޝަމީމް. @MoDLCH @AdamNaseer_ @presidencymv @PoliceMv @yumna_maumoon https://t.co/EbQCygSzSA pic.twitter.com/tTqrYTSYBD
މިކަމާ ގުޅިގެން މިހާތަނަށް ފުލުހުން ރަސްމީކޮށް ބަހެއް ބުނެފައެއް ނުވެއެވެ.

PAR
SWE
CIV
ކިޔުންތެރިންގެ ހިޔާލު