މަހުގެ އަގު ކުޑަ ކުރުމާއި ގުޅޭގޮތުން އިކޮނޮމިކް ކައުންސިލުގައި މަޝްވަރާ ކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ މަހުގެ އަގު ކުޑަކުރުމާއި ގުޅޭގޮތުން އިކޮނޮމިކް ކައުންސިލްގައި މިއަދު މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި މަސްވެރިންނަށް މިހާރު ނުދެވި ހުރި ފައިސާ ދައްކައި ނިންމާނެ ގޮތާއި މެދު މަޝްވަރާކޮށް އެކަން ކުރުމަށް ފަހު މަހުގެ އަގަށް ބަދަލު ގެނައުމަށްވެސް މަޝްވަރާ ކުރެވުނު ކަމަށް ނާޒިމް ވިދާޅުވިއެވެ.

"ފިނި ކުރި މަހުގެ އަގު 20ރ. އަށް ބަދަލުކޮށް އަދި ފިނި ނުކުރާ މަސް 15ރ. އަށް ބަދަލުކުރުމުގެ މަޝްވަރާތައްވެސް ކުރެވިފައި ވަނީ." ނާޒިމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު