އެކަމަނާ މާލޭގެ މޭޔަރަކަށް ހޮވައިފިނަމަ ޚިދުމަތުގައި ބަލިކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، ކޮންގުރެސް ޕާޓީގެ ޓިކެޓްގައި މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު މިއަދު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި މިއަދު ބޭއްވި ކެމްޕޭން ހަރަކާތެއްގައި ވާހަަކަ ދައްކަވަމުން ކޮންގުރެސް ޕާޓީގެ ޓިކެޓްގައި މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ މޭޔަރު ކަމަށް ކުރިމަތިލެއްވީ ރައްޔިތުންނަށް ތަފާތެއް ދައްކައި ރައީސް މުޢިއްޒުގެ ވިޝަން ހަގީގަތަކަށް ހެދުމަށް ކަމަށެވެ. އަދި އެކަމަނާއާއެކު ނިކުމެ ތިއްބެވި ސަރުކާރުގެ ތިން ކެންޑިޑޭޓުންގެ އަޒުމު ވަރުގަދަ ކަމަށާއި ރައީސްގެ ވިޝަން ކާމިޔާބުކުރުމަށް ކެބިނެޓާއި ވަޒީރުންނާއެކު ރަނގަޅު ތަފާތެއް ދައްކާނެ ކަމަަށް އާޒިމާ ވިދާޅުވިއެވެ. ކުރިން ބަންޑާރަ ނައިބުކަން ވެސް ކުރެއްވި އާޒިމާ ވަނީ ތަފާތެއް ދައްކަން މޭޔަރު ކަމަށް އެކަމަނާއަށް ފުރުސަތު ދެއްވުމަށް އެދިވަޑައިގެންފައެވެ.
"ދިވެހި ރައްޔިތުންނަށް ޚިދުމަތްތެރި ބަޔަކު ގައުމާއި ހަވާލުވީމަ އަންނަ ތަފާތު އަޅުގަނޑުމެން ތިބޭފުޅުންނަށް ދައްކާނަން. އަޅުގަނޑު މިހިރީ ރައީސްގެ އަރިހުގައި ސާބިތުކަމާއެކުގައި. މި ތިބީ ވަރަށް ހިތްވަރާއެކުގައި. އަޅުގަނޑުމެންނަށް މި ފުރުސަތު ދެއްވާށޭ، އަޅުގަނޑު ބަލިކުރުމަކީ އިރާދަކުރެއްވިޔާ ފުރުސަތު ލިބިއްޖެ ކަމަށްވަންޏާ ބަލިކުރުމަކީ ކުރެވިދާނެ ކަމެއް ނޫނޭ ޚިދުމަތުގައި، އަޅުގަނޑުމެންގެ ޚިދުމަތާއި އިހުލާސްތެރިކަމާއި ރައްޔިތުން ދެކެވާ ލޯތްބަކީ ހަމަގައިމު ވެސް ޗެލެންޖް ކުރެވޭނެ އެއްޗެއް ނޫނޭ. އެފަދަ ނަމޫނާ އެއް ރައީސްއާއި މިތިބި ޓީމުން ތިބޭފުޅުންނަށް ދައްކާނަން. ރައްޔިތުން ބޭނުންވާ ގޮތަށް ޚިދުމަތް ކުރުމުގައި ނަމޫނާ ދައްކާނަން." ރައީސް މުޢިއްޒު އާއި ނާއިބް ރައީސްގެ އިތުރުން ބައެއް ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވި އެ ޖަލްސާގައި އާޒިމާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު