އަރބަންކޯއިންގެ މުވައްޒަފުންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ފަންޑް ރައިޒިންގް ހަރަކާތެއް މިއަދު ބާއްވަން ނިންމައިފިއެވެ.

މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ރުއްގަނޑު ދޭއްގައެވެ.

މި އިވެންޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެން ކަމަށް އަރބަންކޯއިން ބުނެއެވެ. އެއީ ހަވީރު 4:00-6:00 އަށް އަދި ރޭގަނޑު 8:00-10:00 އަށެވެ.



މި އިވެންޓްގައި ފަންޑްރައިޒް ކުރުމުގެ އިތުރުން ފަލަސްތީނުގެ ހާލަތާއިމެދު ހޭލުންތެރިކުރުމަށް މައުލޫމާތު ދެވިގެންދާނެއެވެ. އަދި މަޣުރިބު ނަމާދުގެ ކުރިން ފަލަސްތީނުގެ ރައްޔިތުންނަށް ހާއްސަ ދުޢާއެއް ކުރުން ވެސް އޮންނާނެއެވެ. މި އިވެންޓް ނިންމާލަމުން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އަށް ޗެކް ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އަރބަންކޯއިން މަޢުލޫމާތުދީފައި ވެއެވެ.

ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށްޓަކައި ވީހާވެސް ގިނަ ބޭފުޅުން މި އިވެންޓްގައި ބައިވެރިވެ ވަޑައިގަތުމަށް އަރބަންކޯއިން އެދިފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް