މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި އިސްމާއިލް އިފްހާމް (ޕެސްޓް) މައްޗަށް ދަޢުލަތުން ކުރި ދައުވާތައް ދަށުކޯޓުގައި ސާބިތުނުވުމުން ދަޢުލަތުން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ޕެސްޓުގެ މައްޗަށް ކޮށްފައިވަނީ ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއާއި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއާއި، މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއާއި، ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާއެވެ.
އެ ދަޢުވާތައް އޭނާގެ މައްޗަށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވަނީ މިދިޔަ އޮގަސްޓްމަހުގެ ފަހުކޮޅުއެވެ. މައްސަލަ ސާބިތުނުވާކަމަށް ނިންމެވީ ކްރިމިނަލް ކޯޓުގެ ޤާޟީ ޙުސައިން ފާއިޒް ރަޝާދެވެ.
ކްރިމިނަލް ކޯޓުގެ ނިންމުން ދަޢުލަތުން މިދިޔަ ހަފްތާގައި ހައިކޯޓުގައި އިސްތިއުނާފްކުރި ނަމަވެސް މައްސަލަ ބަލައިގަތުމާމެދު އެކޯޓުން މިހާތަނަށް ގޮތެއް ނިންމާފައެއް ނުވެއެވެ.
ޕެސްޓުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ އުމުރު ދުވަހުގެ ޖަލު ހުކުމަކާއެކު އެތައް މިލިއަން ރުފިޔާއަކުން އޭނާ ޖޫރިމަނާކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު