ކުރީގެ ސަރުކާރުގެ މަޝްރޫއުތަކުން އެމްޑަބްލިއުއެސްސީއަށް ލިބެންޖެހޭ ފައިސާ ނުލިބި، އެކަމުގެ މާލީ ބުރަތައް އެމްޑަބްލިޔުއެސްސީން އުފުލަންޖެހިފައިވާކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މަތީން ވިދާޅުވީ މިދިޔަ ސަރުކާރުން މަޝްރޫއުތައް ހިންގާފައިވަނީ އިގްތިސާދީ ހާލަތަށް ނުބަލައި ތަރައްގީގެ މިސްރާބެއް އޮވެގެން ނޫންކަމަށެވެ. އަދި ހުރިހާ ރަށެއްގެ އިންފްރާސްޓްރަކްޗަރ ގާއިމްކުރުމުގެ މަސައްކަތް ކުރާއިރު އާބާދީ އޮތްގޮތާއި އިގްތިސާދީ ހާލަތަށް ބަލަންޖެހޭކަމަށް މަތީން ވިދާޅުވިއެވެ.
"ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް މާލޭގައި އުޅޭއިރު، މީހުން ދިރިއުޅޭ 198 ރަށުގައި އިންފްރާސްޓްރަކްޗަރ ގާއިމްކުރަންޖެހޭތޯ މިއީ ކޮށްލަންޖެހޭ ސުވާލެއް. އޭރު ރަށްރަށުގެ މީހުން ވަޒަންވެރިވެގެން އުޅުނުއިރު ބަރޯސާވެފައި އޮތީ ދަނޑުވެރިކަމާއި މަސްވެރިކަން ފަދަ ކަންކަމަށް. ނަމަވެސް މިއަދު ރަށްރަށުގެ ކަންކަން ވަރަށް ބޮޑަށް ބަދަލުވެއްޖެ. މިހާރު މި އޮންނަނީ ސިޓީތަކަށް އިތުރުކުރުމުގެ ޓްރެންޑެއް. ރައްޔިތުންގެ ވިސްނުމަށް ބަދަލު އަތުވެއްޖެ." މަތީން ވިދާޅުވިއެވެ.
މަތީން ވިދާޅުވީ ރާއްޖޭގެ ހާލަތަށް ބަލާއިރު ހުރިހާ ސަރަހައްދެއްގައި އެންމެ ބޭނުންވާ މިންވަރަށް ހިދުމަތްތައް ގާއިމްކޮށް ނުދެވުނުކަން މިދިޔަ 50 އަހަރަށް ބަލާލާއިރުވެސް އެނގޭކަމަށެވެ. އަދި އެކަން އެހެން ދިމާވަނީ އިގްތިސާދީ ގޮތުން ބަލާއިރު ވަކިވަރެއްގެ އާބާދީއެއް އެ ތަނަށް އައިސްގެން ނޫނީ އެ ހިދުމަތްތައް ފޯރުކޮށްދެވެން ނޯންނާތީކަންވެސް މަތީން ފާހަގަކުރެއްވިއެެވެ.
"އެކަމުގެ ސަބަބުން މިޖެހެނީ ހަރަދުގެ އެއްބައި ދަރަނީގެ ގޮތުގައި ނުވަތަ ހިލޭ އެހީގެ ގޮތުގައި ފޯރުކޮށްދޭން. ރާއްޖެއަށް ބަލާއިރު އިކޮނޮމިކް އެންމެ ސެންޓަރަށް މިއޮތީ. ދެން އެހެން އޮތްއިރު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިންފްރާސްޓްރަކްޗަރ ގާއިމްކުރަން ކުރީ ސަރުކާރުން ނިންމާފައި މިއޮތީ ވަރަށް ބޮޑު ލޯނުތައް ނަގައިގެން. އަދި ފަހުން އެ ހަރަދުތައް ދެކޮޅު ޖެއްސޭނެތޯ ނުވަތަ ނޫންތޯވެސް ބަލާނުލާ. އޭގެ ސަބަބުން ބުރަ އުފުލަންޖެހޭނީ ރައްޔިތުން." މަތީން ވިދާޅުވިއެވެ.
މަތީން ވިދާޅުވީ އެމްޑަބްލިއުއެސްސީއަށް ބަލާއިރު ސަރުކާރުން ކޮންމެހެން ކުރަން ބޭނުންވާ ކަންކަން ކުންފުނިން ލޯނު ނަގައިގެން ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރުމަށްފަހު އެ މަސައްކަތުގެ ފައިސާ ސަރުކާރުން ކުންފުންޏަށް ނުލިބޭތީ އޭގެ މާލީ ބުރަވެސް ކުންފުނިން އުފުލަންޖެހޭކަމަށެވެ. އަދި އެއީ މިވަގުތު މައިގަނޑު ގޮތެއްގައި ކުންފުންޏަށް ކުރިމަތިވެފައިވާ ދައްޗެއްކަމަށްވެސް މަތީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު