ކައުންސިލަރުންގެ މުސާރަ 33 އިންސައްތަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ލަފާދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ ކައުންސިލް މެންބަރުންގެ މުސާރައަށް 33 ޕަސެންޓްގެ ކުރިއެރުމެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށާއި ބަޖެޓު ކޮމެޓީއަށް ލަފާދިނުމަށެވެ.

މި ބަދަލު ގެނައުމަށް ކޮމިޓީން ނިންމި މައިގަނޑު ސަބަބަކީ ލޯކަލް ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ 35 އިންސައްތަ ބޮޑުކުރުމުން ބައެއް މުވައްޒަފުންގެ މުސާރަ ކައުންސިލަރުނަށްވުރެ ބޮޑުވެފައި ވާތީއެވެ.

އެގޮތުން ކޮމިޓީން ލަފާދީފައިވަނީ ކައުންސިލް ރައީސްގެ މުސާރަ 25000 ރުފިޔާއަށް ނައިބު ރައީސްގެ މުސާރަ 20000 ރުފިޔާއަށް އަދި ކައުންސިލަރުންގެ މުސާރަ 18000 ރުފިޔާއަށް ބޮޑު ކުރުމަށެވެ.

ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު