އަހުމަދު މަސްނޫމް   27 ނޮވެމްބަރު 2023 - 14:30
ރައީސް ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމަށް ބޭނުންވާ މެންބަރުން ހަމަކުރަން ފޯމް ފުރަން ފަށައިފިއެވެެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ފޯމް ފުރުން ކުރިއަށްދަނީ ހެންވޭރު ހުރަފާގޭގެ 03 ވަނަ ފަންގިފިލާގައެވެ. ކުރިން ޕީޕިއެމްގެ އޮފީސް ހިންގި ހުރަފާ ގެއަށް ރޭގެ ވަގުތެއްގައި ރައީސް ޔާމިން ވަޑައިގެން އެމަނިކުފާނު އަަލަށް އުފައްދަވާ ޕާޓީއަށް ވަނީ ސޮއިކުރަށްވާފައެވެ. އޭގެފަހުން ރޭގެ ވަގުތެއްގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ޕީއެންއެފް އަށް ސޮއިކޮށްފައެވެ.

އެ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ކުރީގެ ސައެންސް އެންޑް ޓެކޮނެލެޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ އުއްމީދަކީ ޕާޓީ އުފައްދަން ގާނޫނުން ލާޒިމުކުރާ 3،000 މީހުންގެ ސޮއި ވީހާ ވެސް އަވަހަށް ހޯދުން ކަމަށެވެ.

ޕީއެންއެފްގެ އިސް މުއައްސިސެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ރައީސް ޔާމިންގެ ދަރިކަލުން ޒޭން ޔާމީންއެވެެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް