ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޔާމީން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައިގެން އުފައްދަން މަސައްކަތްކުރާ ޕީއެންއެފްގެ އޮފީހަށް އެމަނިކުފާނު ވަޑައިގަތުމުން، އެ މައްސަލަ ސަރުކާރުން ބަލަން ފަށައިފިއެވެ.

ރައީސް ޔާމީން ރޭ ހ. ހުރަފާގޭގައި ހުންނަ ޕީއެންއެފް އޮފީހަށް ވަޑައިގަތުމުން އެކަން ސޯޝަލް މީޑިއާގައިވެސް ޕީއެންއެފްގެ އިސް ބޭފުޅުން ވަނީ ހިއްސާ ކުރައްވާފައެވެ. މިކަމާއި ގުޅިގެން ކަރެކްޝަަނަލް ސަރވިސްގެ އޮފިޝަލަކު ވިދާޅުވީ ރައީސް ޔާމީން ޕީއެންއެފް އޮފީހަށް ވަޑައިގެންނެވިކަން ކަރެކްޝަންސްގެ ސަމާލުކަމަށް އައުމާއި ގުޅިގެން އެކަން ބަލަމުން އަންނަ ކަމަށެވެ.

ކަރެކްޝަނުން ބުނީ ޕީއެންއެފް އޮފީހަށް ވަޑައިގެންނެވި މައްސަލައިގައި ރައީސް ޔާމީނަށް ފިޔަވަޅު އަޅަންޖެހިއްޖެނަމަ ފިޔަވަޅު އަޅާނެކަމަށެވެ.

ރައީސް ޔާމީން ޕީއެންއެފް އޮފީހަށް ވަޑައިގަތް މައްސަލައިގައި ފިޔަވަޅު އަޅާފާނެކަމުގެ އިންޒާރު ދީފައިވާއިރު މީގެކުރިންވެސް ކަރެކްޝަނުން ވަނީ އެފަދަ އިންޒާރެއް ދީފައެވެ.

ހ. ހުރަފާއަކީ މީގެކުރިން ޕީޕީއެމް އޮފީސް ހިންގި އިމާރާތެވެ. ނަމަވެސް ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެންނެވި ހިސާބުން އެތަން ހުސް ކުރަން ގޭގެ ވެރިފަރާތުން އެންގުމާ ގުޅިގެން މިއަދުގެ ވަގުތެއްގައި އެ ތަނުގައި ހުރި ހުރިހާ ޕީޕީއެމްގެ ތަކެތި ވަނީ ނެރެފައެވެ. އަދި މިހާރު އެތަނުގައި ކުރިއަށް ދަނީ

ޕީއެންއެފަށް ވަންނަ މެންބަރުންގެ ފޯމްތައް ފުރުމުގެ މަސައްކަތެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް