ބަންޑާރަނައިބުގެ ޝަރުތުތަކާއި ޒިންމާތަކާއި މަސްއޫލިއްޔަތުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ މި ބިލު މަޖިލީހަަށް ތައާރަފުކުރުމެވެ. މިބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމެވެ.
ސަރުކާރުން މި ބިލު މަޖިލީހަށް ހުށައަޅާފައިވަނީ ރައްޔިތުންގެ ސަލާމަތާއި ރައްޔިތުންގެ މަންފާ އާއި އާންމު މިނިވަންކަން ދިފާއުކުރުމަށް ބަންޑާރަނައިބު އަދާކުރަންޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށްޓަކައި ބަންޑާރަނައިބަށް ލިބިގެންވާ ބާރުތައް ކަނޑައެޅުމަށްޓަކައެވެ.
ހަމައެއާއެކު ބަންޑާރަނާއިބުގެ މައްޗަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނުހިންގޭނެކަން ކަށަވަރު ކުރުމާއި ބަންޑާރަނާއިބު އޮފީހުގެ މުވައްޒަފުންގެ ސުލޫކީ މިންގަނޑު ކަނޑައެޅުންވެސް ބިލުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

SWE
CIV
CUW
ކިޔުންތެރިންގެ ހިޔާލު