ޓެރަރިޒަމަށް ހިތްވަރުދޭ ކަމަށް ތުހުމަތުކޮށް މަދަނީ އަބްލޯ މެލޭޝިއާއިން ހުއްޓުވައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ޕީޕީއެމްގެ ހަރަކާތު ކޮމިޓީގެ މެންބަރު އަބްދުﷲ މުހައްމަދު މެލޭޝިއާއަށް ވަޑައިގަތުމުން އެ ގައުމުގެ އިމިގްރޭޝަނުން ވަނީ އޭނާ ހިފަހައްޓައި މެލޭޝިއާއިން ޑިޕޯޓްކޮށްލުމުގެ މަސައްކަތް ފަށާފައެވެ.

މަދަނީ އަބްލޯގެ މައްޗަށް ޓެރަރިޒަމަށް ހިތްވަރުދޭކަމުގެ ސީރިއަސް ތުހުމަތު ކޮށްފައިވާއިރު މެލޭޝިއާގެ ކަމާބެހޭ އިދާރާތަކުގެ ތަހުގީގުގެ ބޭނުމަށް އޭނާގެ ފޯނުވެސް އަތުލާފައިވާކަމުގެ މަޢުލޫމާތު ލިބެއެވެ.

މަދަނީ އަބްލޯ އަކީ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. އަދި މެލޭޝިއާއިން އޭނާ ހިފަހައްޓާފައިވަނީ މެލޭޝިއާ ސަރުކާރުން ބަލަހައްޓާ ލިސްޓެއްގައި އޭނާގެ ނަން އޮތުމުންނެވެ.

މިކަމާ ގުޅޭގޮތުން ޚާރިޖީ ވުޒާރާއިން މިހާތަނަށް އެއްވެސް މަޢޫލޫމާތެއް ޙިއްސާ ކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް