ދުނިޔޭގެ ރީތި އަންހެނުންގެ ލިސްޓުގައި ގިނަ ފަހަރަށް މީހުން ކިޔައި އުޅޭނީ މުސްލިމް ނޫން ޤައުމުތަކުގެ އަންހެންކުދިންނެވެ. ނަމަވެސް ހަޤީގަތުގައި ނިވައިވެގެންތިބޭ މުސްލިމް ކުދިން މާހިތްޤައިމުވެފައި ޗާލެވެ. އަދި އަޚުލާޤު ރަނގަޅުވެފައި އެހައިމެ މަޑުމައިތިރިއެވެ.

ތިރީގައި މިވަނީ މުސްލިމް އަންހެން ކުދިން އެންމެ ރީތި ކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ 8 ޤައުމެވެ.



8. ސައުދި އަރަބިއްޔާ:

ސައުދީ އަންހެންކުދިންނަކީ ދުނިޔޭގެ ނިސްބަތުންވެސް ރީތި ބައެއްކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އަދި އެމީހުންގެ ކަޅު އިސްތަށިގަނޑާއި ލޮލުގައި މީހުންގެ ނަޒަރު ހުއްޓޭފަދަ ރީތިކަމެއް ހުރެއެވެ. އަދި އިސްލާމްދީނުގެ އެންމެހައި ރުކުންތަކަށް ފުރިހަމައަށް ތަބާވާ މިކުދިންނަކީ މުސްލިމް ފިރިހެނުން ކައިވެނި ކުރުމަށް އެންމެ ބޭނުންވާ ޤައުމުގެ ކުދިން ކަމަށް ގިނަ ސާވޭތަކުންވެސް ދައްކައެވެ.

7. ޔޫ.އޭއީ:

ޔޫއޭއީގައި އުޅޭ ކުދިންގެ ރީތިކަން އެކުދިންގެ ދިރިއުޅުމުގެ ފެންވަރާއި ލާއަންނައުނުން ހާމަވެއެވެ. މިކުދިންނަކީ އެމީހުންގެ މުއްސަނދި ލައިފްސްޓައިލްއާއި ޑިޒައިނާ ބުރުގާއާއި އެކިޒާތުގެ ރަންރިހިން ޖަރީވެގެންތިބޭ ބައެކެވެ. އަދި އެމީހުންގެ ރީތި ހަށިގަނޑާއި އެއްވަރުގެ ރިވެތި އަޚުލާޤާއި ޝަހުސިއްޔަތަކީވެސް ފިރިހެނުން އެމީހުންގެ މައްޗަށް ލަންބުވާ ކަންކަމެވެ. އަދި މިޤައުމުގެ އަންހެނުން ކުދިންގެ ކިބައިގައި އިސްލާމީ ޝިއާރުތަކަށް ބޯލެނބުމުގެ ފުރިހަމަ ނަމޫނާ ފެނުނުނަމަވެސް މިކުދީންނަކީ ޒަމާނާ އެއްގޮތަށް 'މޮޑާން' ވިސްނުންވެސް ގެންގުޅޭ ބައެކެވެ. އަދި މިކުދީންނަކީ ތަފާތު އެކި ދާއިރާގައި ކުރީ ސަފުގައި މަސައްކަތްކޮށް އުޅޭ، ވަޒީފާގެ މާހައުލުގައިވެސް ފާހަގަކޮށްލެވޭ ބައެކެވެ.

6. ޕާކިސްތާން:

ޕިންކް ވިލާ ކިޔާ ނޫސް މަޖައްލާއަކުން ބުނާގޮތުގައި ޕާކިސްތާނުގެ އަންހެނުންނަކީ ދުނިޔޭގެ ނިސްބަތުންވެސް ރީތި ކުދިން އުޅޭ ޤައުމެކެވެ. މި ޤައުމުގައި އުޅޭ ކުދިންނަކީ ރީތިކަމުގެ އިތުރުން އާއިލާ ތެރޭގައި ފިރިމީހާއަށް ކިޔަމަންވާ އަދި ދަރިން ތަރުބިއްޔަތު ކުރުމުގެ ހަރުދަނާ އުސޫލުތަކެއް ގެންގުޅޭ ބައެކެވެ. އަދި އެކުދިންނަކީ ރަނގަޅު ޝަހުސިއްޔަތުތައް ލިބިގެންވާ އެކިއެކި ހުނަރުތަކުންވެސް މުއްސަނދި ބައެކެވެ.

5. ތުރުކީ:

ތުރުކީއަކީ ޔޫރަޕާއި އޭޝިއާގެ ދެމެދުގައި އޮންނަ ޤައުމެކެވެ. ހޮލިޑޭ އޭއޮ ކިޔާ ސާވޭއަކުން ބުނާގޮތުންނަމަ މިޤައުމުގެ ކުދިންނަކީ ޤުދުރަތީ ގޮތުން ލިބިފައިވާ ރީތި ކަމާއެއްވަރަށް ހަރުދަނާ ޝަހުސިއްޔަތެއްވެސް ލިބިގެންވާ ބައެކެވެ. އަދި ޒަމާނީ ވިސްނުން ހުންނަ މިކުދިންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެ މިނިވަންކަމަށް ލޯބިކުރި ނަމަވެސް، އިސްލާމްދީނުގެ އަސާސްތަކަށް އިސްކަންދޭ ބައެކެވެ. އެގޮތުން ތުރުކީ އަންހެން ކުދީން ހެދުން އެޅުމުގައި އަބަދުވެސް ބަލާނީ އެކުދިންގެ ޤުދުރަތީ ރީތިކަން ފުރިހަމަކޮށްދޭ ގަހަނާތަކާއި ހެދުންތަކަށެވެ. ރީތިވުމުގެ އިތުރުން މިކުދިންގެ ތެރޭގައި ސައިންސާއި އާޓްސްއާއި ލިޔުންތެރިކަމާއި ސިޔާސީދާއިރާފަދަ އެކިއެކި ދާއިރާތަކުގައި މަސައްކަތްކުރާ ހުނަރުވެރި ކުދިން ގިނައެވެ.

4. އުޒްބަކިސްތާން:

މިއީ އޭޝިއާއަށް ނިސްބަތްވާ ޤައުމެކެވެ. މިޤައުމުގެ ކުދިންނަކީ އެކުދިންގެ ރީތިމަކާއި އެއްވަރަށް އެކުދިންގެ ސްޓައިލްއާއި މީހުންގެ ތެރޭގައި އުޅޭ އުޅުމުގައި އަޅައިގަންނަ ޗާލު ގޮތްތަކެއް ގެންގުޅޭ ބައެކެވެ. މިގޮތުން އެކުދީންގެ އުޅުމުގެ ވައްޓަފާޅީގެ ސަބަބުން މީހުން ލަންބުވައެވެ. އެކުދިންގެ ރީތިކަމާއި ޝާހީކަމަކީ ކާބަފައިންގެ ޒަމާނުއްސުރެ ވާރުތަކުރަމުން އައިސްފައިވާ ކަމެއް ކަމަށް ގިނަބަޔަކުދެކެއެވެ. މީގެ އިތުރުން އުޒުބަކިސްތާނު އަންހެން ކުދިންނަކީ އެޤައުމުގެ ސަޤާފަތަށް ސަމާލުކަންދޭ ސަޤާފީ އަންނައުނު ލާހިތްވާ ބައެކެވެ. އަދި އެހެން މީހުންނާއި ގުޅިގެން އުޅޭ ރިވެތި އަޚުލާޤެއްގެ ވެރިބައެއްވެސްމެއެވެ.

3. މޮރޮކޯ:

މޮރޮކޯ އަންހެންކުދިންނަކީ ދުނިޔޭގެ ނިސްބަތުންވެސް ރީތިކަމަށް ނަންމަޝްހޫރު ޤައުމެކެވެ. އެކުދިންނަކީ އެކުދިންގެ ޤަދުރަތީ ރީތިކަން ދެމެހެއްޓުމަށް ސަމާލުކަންދޭ ބައެކެވެ. އެހެންނަމަވެސް އެކުދިންނަކީ ދީނީ ކަންކަންމަށްވެސް އެހައިމެ ފުރިހަމައަށް ތަބާވާ ބައެކެވެ. އެކުދިންގެ މޫނާއި އަތުގައި ހީނާއިން އެކިކަހަލަ ޑިޒައިންތައް ހަދާފައިހުރެއެވެ. އަދި ރީތިކަމުގެ ފުރިހަމަ ނަމޫނާ ލިބިފައިވާ މިކުދިން ކައިވެނި ކުރުމުގައި ބަލަނީ އެކުދިންގެ ރީތިކަމަށް ތައުރީފުކުރާ އެކުދިންގެ ރީތިކަމުގެ އަގުވަޒަންކުރާ ފިރިހެނުންނާއި ކައިވެނި ކުރުމަށެވެ.

2. މިސްރު:

މިސްރުގެ އަންހެންކުދިންނަކީ އެކުގައި އުޅޭ މީހުން އުފާކުރުވާފަދަ ޝަހުސިއްޔަތެއް ލިބިގެންވާ އެހައިމެ ފުރިހަމަ ރީތިކަމެއް ލިބިގެންވާ ބައެކެވެ. މިޤައުމުގެ ކުދިންނަކީ ރީތި އަބަޔާއި ތަކާއި ހިޖާބުތަކުން ޖަރީވެފައިތިބޭ ބައެކެވެ. އަދި ޒަމާނީ ވިސްނުން ގެންގުޅުނު ނަމަވެސް މިގައުމުގެ އަންހެން ކުދީން އިސްލާމީ ޝިއާރުތަކަށް ފުރިހަމައަށް ބޯލަނބައެވެ.



1. އިންޑޮނޭޝިއާ:

އިންޑޮނޭޝިއާގެ އަންހެންކުދިންގެ އެންމެ ފާހަގަކޮށްލެވެނީ އެކުދިންގެ ޤުދުރަތީ ރީތިކަމެވެ. އަދި ހަމައެހެންމެ އެރީތިކަމާއި އެއްވަރަށް މަޑުމައިތިރިކަމާއި ހިތްތިރިކަމުގެ ނަމޫނާވެސް އެކުދިންގެ ކިބައިން ފެނިގެންދެއެވެ. އަދި އިސްލާމްދީނުގެ އެންމެހައި ކަންކަމަށް ފުރިހަމައަށް ތަބާވާ މިކުދިންނަކީވެސް އެޤައުމުގައި އެކިއެކި ދާއިރާއިން ކުރިއަރައި ގޮސްފައިވާ ހުނަރުވެރި ޤާބިލުވެސްބައެކެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ހަމަ

25-Oct-2023

ފަލަސްތީން


3

ސުވޭ

24-Oct-2023

ފެނުނު މީގެ އަސްލު ވީޑިއޯ, މިއަށް ރަގަޅަށް ރިފަރެންސް ކުރަންވާނެ!!!


2

މުހައްމަދު

24-Oct-2023

ދިވެހި އަންހެނުންވެސް އެހާރީތި.


-3

ޙަމީދު

24-Oct-2023

ބޮސްނިޔާ، އަލްބޭނިއާ، ޔަމަން، އީރާން، އަޒަރުބައިޖާން، ޢިރާޤު، ސޫރިޔާ، ލުބްނާން ނެތި މި ލިސްޓް ފުރިހަމައެއް ނުވާނެ.


-1

ނަސްރު

24-Oct-2023

އިންޑޮނޭސިއާ ކުދިން އެހާ ބަޑި


-6

ޙުސެން

25-Oct-2023

ދިވެހި ރާއްޖެއަށް ލިސްޓްގެ ފަހަތުންވެސް 1 ވަނަ ނުލިބުނުދޯ


-6

ދިވެހި ޒުވާނުން

24-Oct-2023

ދިވެހި އަންހެން ކުދިންނަކީ މާޗްލު މާރީތި ކުދިބައެއް އަދި ގައިން މާމީރުވަސް ހުރޭ ސެންޓު ނުޖެހިޔަސް ނުބައި ވަހެއް ނުހުރޭ އަދި މާސަޅިވެފަ ފިރިންންއި ދަރިން އާއިލާ ދެކެ އެހާމެ ލޯބިވޭ



ޓްރެންޑިން