ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޔުނިވަރސިޓީ ކަމަށްވާ އެމެރިކާގެ ހާވަޑް ޔުނިވަރސިޓީން މަތީ ތަޢުލީމު ހާސިލުކުރުމަށް ޕާކިސްތާނުގެ އުއްމީދީ ޒުވާން އަންހެން ކުއްޖަކު ދެކުނު ފޮނި ހުވަފެން، ބޮޑު މަކަރާއި ހީލަތުގެ ޝިކާރައަކަށްވެ، އެންމެ ފަހުން އެ އާއިލާގެ މުޅި ދިރިއުޅުން އަނދިރިކަމެއްގެ ތެރެއަށް ވައްޓާލައިފިއެވެ.
އިސްލާމްއާބާދުގެ ޖީ-10 ސަރަހައްދުގައި ކުޑަ ކިރު ފިހާރައެއް ހިންގަމުން އަންނަ ރާނާ މުޙައްމަދު އިޢުޖާޒުގެ އެންމެ ހަގު ދަރިފުޅު، އުމުރުން 24 އަހަރުގެ ލާއިބާ އިޢުޖާޒަކީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދު (އައިއައިޔޫއައި) އިން ފިޒިކްސްގެ ރޮނގުން ގޯލްޑް މެޑަލް ހޯދާފައިވާ މޮޅު، ވިދުންގަދަ ދަރިވަރެކެވެ. ނަމަވެސް، އެމެރިކާއިން މަތީ ތަޢުލީމު ހާސިލުކޮށް އާއިލާ ފަޚުރުވެރިކޮށްދިނުމަށް ލާއިބާ ކުރި އުއްމީދުތައް ވިއްސިވިހާލިވެ، މިދިޔަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހު އޭނާ ވަނީ މަރުވެފައި އޮއްވާ ފެނިފައެވެ.
ފުލުހުންގެ ފުރަތަމަ ތަހުގީގުން ދައްކާ ގޮތުގައި ލާއިބާ މަރުވީ، ހާވަޑުން ޖާގަ ހޯދައިދޭނެ ކަމަށް ބުނެ މީހަކު ހެދި ބޮޑު މަކަރެއް ފަޅާއަރައި، އާއިލާގެ އެތައް މިލިއަން ރުޕީސްއެއް ގެއްލުމުގެ ސަބަބުން ލިބުނު މާޔޫސްކަމުގައި އަމިއްލައަށް މަރުވެގެންނެވެ. ނަމަވެސް އާއިލާއިން މިކަން ގަބޫލެއް ނުކުރެއެވެ.
ލާއިބާގެ ބައްޕަ އިޢުޖާޒު ކިޔައިދިން ގޮތުގައި، ސައުދީ އަރަބިއްޔާއިން ލިބުނު ސްކޮލަރޝިޕް ދޫކޮށްލުމަށްފަހު ލާއިބާ ބޭނުންވީ އެމެރިކާއަށް ކިޔަވަން ދާށެވެ. މި ދަނޑިވަޅުގައި އޭނާއާ ދިމާވީ މުޙައްމަދު ނޫމާން ކިޔާ މީހެކެވެ. ސުޕްރީމް ކޯޓުގެ މުވައްޒަފެއްގެ ފޭކް ކާޑު ދައްކައި، ސަރުކާރުގެ ނުފޫޒު ބޭނުންކޮށްގެން ހާވަޑަށް ވައްދައިދޭނެ ކަމަށް ބުނެ ނޫމާން ވަނީ އެ އާއިލާގެ އިތުބާރު ހޯދާފައެވެ.
ދަރިފުޅުގެ ހުވަފެން ހަގީގަތަކަށް ހަދައިދިނުމަށްޓަކައި، އެ ނިކަމެތި ބައްޕަ ވަނީ އޭނާގެ މިލްކިއްޔާތުގައި އޮތް ބިމާއި، އަނބިމީހާގެ ރަން ގަހަނާތައް ވިއްކާލައި، ޔުނިވަރސިޓީ ފީއަށާއި އެކައުންޓް ބެލެންސް ދެއްކުމަށް ކަމަށް ބުނެ 7.2 މިލިއަން ރުޕީސް (ގާތްގަނޑަކަށް 25،900 ޑޮލަރު) ނޫމާނާ ހަވާލުކޮށްފައެވެ. ނޫމާން ވަނީ ހާވަޑްގެ ފޭކް ލިޔުންތަކާއި، އެމެރިކާގެ ވިސާ ލިޔުންތަކުގެ އިތުރުން ބޮސްޓަނަށް ދާން އޮތް ފޭކް ބިޒްނަސް ކްލާސް ޓިކެޓެއް ވެސް އެމީހުންނަށް ދީފައެވެ.
މި ލިޔުންތަކަކީ އަސްލެއް ނޫންކަން އާއިލާއަށް އެނގުނީ އޮކްޓޯބަރު މަހުގެ ކުރީކޮޅު ޓްރެވަލް އޭޖެންޓަކަށާއި ވަކީލަކަށް ލިޔުންތައް ދެއްކުމުންނެވެ. އެއާއެކު އާއިލާގެ މުޅި ދުނިޔެ ބިންދައިގެން ދިޔަ ކަހަލަ އިހުސާސެއް ކުރެވުނު ކަމަށް ބައްޕަ ބުންޏެވެ. ނަމަވެސް ލާއިބާ އޭރުވެސް އުއްމީދު ކަނޑައެއް ނުލައެވެ.
ހިތާމަވެރި ހާދިސާ ހިނގި ދުވަހު، ނޫމާން ގެއަށް އަންނަ ކަމަށް ބުނެ މެސެޖެއް ކުރުމުން، މައިންބަފައިންނަށް ސިއްރުން ލާއިބާ ގެއިން ނުކުތެވެ. އޭގެ ދެ ގަޑިއިރު ފަހުން، ފޯނު ޓްރެކް ކޮށްގެން އާއިލާއިން ހޯދި އިރު، ލާއިބާ ފެނުނީ އެމީހުންގެ ގޭ ކައިރިން މަރުވެފައި އޮއްވައެވެ.
މި މައްސަލައިގައި ބޮޑުވަޒީރު ޝެހްބާޒް ޝަރީފުގެ އަމުރަށް ނޫމާން ހައްޔަރުކުރި ނަމަވެސް، އޮކްޓޯބަރު 20 ގައި ހެކި ހޯދަން ފުލުހުންގެ ބެލުމުގެ ދަށުން އޭނާ ގެންދަނިކޮށް، ސައިކަލުތަކެއްގައި އައި އޭނާގެ ބައިވެރިން އޭނާ ސަލާމަތްކުރަން ބަޑިޖެހުމުގެ ތެރޭގައި ވަނީ މަރުވެފައެވެ. އަދި އޮކްޓޯބަރު 21 ގައި ދާޚިލީ ވަޒީރު މުޙްސިން ނަޤްވީ ވަނީ ނޫމާންގެ އަތުން އަތުލައިގަތް ފައިސާގެ ތެރެއިން 5 މިލިއަން ރުޕީސް އާއިލާއާ ހަވާލުކުރައްވާފައެވެ.
ނަމަވެސް، ކަރުނުން ފުރިގެންވާ ހާލުގައި އިޢުޖާޒު ބުނީ، އެ ފައިސާއިން މިހާރު އެއްވެސް އަގެއް ނެތް ކަމަށެވެ. އެމީހުންގެ މުޅި ދިރިއުޅުން ކަމުގައިވި ލޯބިވާ ދަރިފުޅު ވަނީ އެނބުރި ނާންނާނެ ދަތުރަކަށް ފުރާފައެވެ.
"ކޮންމެ ދުވަހަކު ހެނދުނާއި ރޭގަނޑު އަހަންނަށް ސައި ހަދައިދީ، އަހަރެން ނިދަންވާއިރަށް ކޮނޑު މަސާޖުކޮށްދޭނީ ލާއިބާ. މިއަދު އަހަރެންގެ ދަރިފުޅު ނެތުމުން އެ ހުރިހާ ކަމެއް ވަރަށް ބޮޑަށް ހަނދާންވޭ. އޭނާ އަމިއްލައަކަށް މަރެއް ނުވޭ، އެ ނުލަފާ މީހާ އަހަރެންގެ ދަރިފުޅު މަރާލީ،" ހިތްދަތިވެފައިވާ ބަފާ، އިޢުޖާޒު އަލްޖަޒީރާއަށް ކިޔައިދިނެވެ.

ކިޔުންތެރިންގެ ހިޔާލު