ކުރިއަށް އޮތް 5 އަހަރުގެ ދައުރަށް ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިހާބުވެވަޑައިގެންފައިވާ ޑރ. މުޙައްމަދު މުއިއްޒުގެ ޒަޢާމަތަށް އައްޑޫ ސިޓީ ކައުންސިލުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ މޭޔަރު އަދި އެމްޑީޕީގެ މެމްބަރެއްކަމަށްވާ އަލީ ނިޒާރު ވިދާޅުވީ ކައުންސިލްތަކުގެ ޒިންމާއަކީ ސަރުކާރާއި ގުޅިގެން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުންކަމަށެވެ.

އަލީ ނިޒާރު ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލުން ޑރ. މުހައްމަދު މުއިޒްގެ ޒައާމަތަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށާއި އަދި ސަރުކާރާއި ގުޅިގެން އައްޑޫގެ ތަރައްގީއަށް މަސައްކަތް ކުރާނެކަމަށެވެ.

"ކައުންސިލް ތަކުގެ ޒިންމާއަކީ ސަރުކާރާއި ގުޅިގެން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮއްދިނުން. އައްޑޫ ސިޓީ ކައުންސިލުން ޑރ. މުހައްމަދު މުއިޒްގެ ޒައާމަތަށް ފުރިހަމަ އެއްބާރުލުން ދީގެން ސަރުކާރާއި ގުޅިގެން އައްޑޫގެ ތަރައްގީ އަށް މަސައްކަތް ކުރާނެ. އެޔަގީންކަން އަޅުގަޑު ވާނީ އިންތިހާބީ ރައީސްއަށް އަރުވާފަ. ރައްޔިތުންނަށް އޮޅޭގޮތަށް ކައުންސިލްއާއި ގުޅުވައި ފިތުނަ ވެރި ދޮގުވާހަކަތައް ފަތުރަން މަސައްކަތް ނުކުރުން އެދެން." ފޭސްބުކްގެ ޕޯސްޓްގައި ނިޒާރު ލިޔުއްވާފައިވެއެވެ.އަލީ ނިޒާރު ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލުން ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އިންތިހާބީ ރައީސްއަށް އަރުވާފައިވާކަމަށެވެ.އަލީ ނިޒާރު ވިދާޅުވީ ރައްޔިތުންނަށް އޮޅޭގޮތަށް ކައުންސިލްއާއި ގުޅުވައި ފިތުނަވެރި ދޮގު ވާހަކަތައް ފަތުރަން މަސައްކަތް ނުކުރަން އެދޭކަމަށެވެ. ނަމަވެސް އެއީ ކޮންކަމަކާއި ގުޅިގެން ދެއްކެވި ވާހަކައެއްކަމެއް ޔަގީނެއް ނޫނެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން