ރާއްޖޭގެ ތެރަޕިއުޓިކާއި ރިހެބިލިޓޭޝަން ދާއިރާ އިތުރަށް ހަރުދަނާކޮށް، މި ދާއިރާއިން ބޭނުންވާ ފަންނީ މީހުން ބިނާކުރުމަށްޓަކައި 250 ސްކޮލަރޝިޕްގެ ފުރުޞަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.
މި ފުރުޞަތުތަކަކީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ހުޅުވާލާފައިވާ ފުރުޞަތުތަކެކެވެ.
މި ސްކޮލަރޝިޕްތަކުގެ ދަށުން ރާއްޖެއިން ބޭރުން ކިޔެވުމަށް ގިނަ ޤައުމުތަކެއް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ޗައިނާ، ފިލިޕީންސް، ތައިލޭންޑް، މެލޭޝިއާ، އިންޑޮނޭޝިއާ، ވިއެޓްނާމް، ސައުދީ އަރަބިއާ، ގަތަރު، ޖޯޑަން، ތުރުކީ، ރަޝިޔާ، ޗެކް ރިޕަބްލިކް، ބެލަރުސް، ސައުތް އެފްރިކާ، މިސްރު އަދި ފިޖީ ހިމެނެއެވެ.
ތެރަޕިއުޓިކް އެންޑް ރިހެބިލިޓޭޝަން ޕްރޮފެޝަނަލްސް ސްކޮލަރޝިޕް މައިގަނޑު ހަތް ދާއިރާއަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، އެކި ލެވެލްތަކުގެ ކޯސްތަކަށް ފުރުޞަތު ވަނީ ދީފައެވެ. އެގޮތުން ސައިކޮލޮޖީގެ ދާއިރާއިން ރާ
އްޖޭގައި ބެޗުލަރސް ޑިގްރީ ހަދަން 30 ފުރުޞަތު އަދި މާސްޓަރސް ޑިގްރީއަށް 20 ފުރުޞަތު ވަނީ ހަމަޖައްސާފައެވެ. ކައުންސިލިން އަދި ބިހޭވިއަރ ތެރަޕީ ރާއްޖޭގައި ކިޔެވުމަށް 30 ފުރުޞަތު ހުޅުވާލާފައިވާއިރު، އޮކިއުޕޭޝަނަލް ތެރަޕީން ރާއްޖޭގައި ޑިގްރީ ހަދަން 30 ފުރުޞަތު އަދި ރާއްޖެއިން ބޭރުގައި މާސްޓަރސް ޑިގްރީ ފުރިހަމަ ކުރުމަށް 30 ފުރުޞަތު ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން، އެންމެ ބޮޑު އެހީތެރިކަމަކަށް ބޭނުންވެފައިވާ ސްޕީޗް ތެރަޕީގެ ދާއިރާއިން ރާއްޖޭގައި ބެޗުލަރސް ޑިގްރީ ހަދަން 30 ފުރުޞަތު، ރާއްޖެއިން ބޭރުގައި ބެޗުލަރސް ޑިގްރީއަށް 30 ފުރުޞަތު އަދި މާސްޓަރސް ޑިގްރީއަށް 30 ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި ބިހޭވިއަރ އެނަލިސިސް ނުވަތަ ބިހޭވިއަރ ތެރަޕީން މާސްޓަރސް ޑިގްރީ ރާއްޖެއިން ބޭރުން ފުރިހަމަ ކުރުމަށް 20 ފުރުޞަތު މި ސްކީމުގެ ދަށުން ލިބިގެންދާނެއެވެ.
މި ސްކޮލަރޝިޕްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޭޕްރިލް މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 1:30 އެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި، މި ފުރުޞަތުތަކުގެ ސަބަބުން ރާއްޖޭގެ ރިހެބިލިޓޭޝަން މަރުކަޒުތަކާއި ހޮސްޕިޓަލްތަކަށް ބޭނުންވާ ދިވެހި ފަންނުވެރިން އުފެދި، ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު