މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމުން މުހައްމަދު ބައްސާމް އާދަމް އިސްތިއުފާ ދެއްވައިފިއެވެ.
ބައްސާމް މި މަގާމުން އިސްތިއުފާ ދެއްވިކަން ހާމަކުރެއްވީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެެވެ. އޭނާ ވިދާޅުވި ގޮތުގައި، ގިނަ ގޮންޖެހުންތަކަކާ އެކުވެސް މަޓާޓޯ ފަދަ މުހިންމު ޖަމިއްޔާއެއްގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ. ހާއްސަކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި އަދި ހަލުވި ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގައި މިފަދަ މަގާމެއް ފުރުއްވުމަކީ އޭނާ ނުހަނު އުފާކުރާ ކަމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މަޓާޓޯގެ ސީއީއޯގެ މަގާމު ފުރުއްވަމުން ގެންދެވި ބައްސާމް ވަނީ، އޭނާގެ ދައުރުގައި ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމަށް ކުރެވުނު މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން، ސިނާއަތުގެ ކުރިއެރުމަށް ފެށި މަޝްވަރާތަކާއި، އެކި ފަރާތްތަކާއެކު ބަދަހިކުރެވުނު ގުޅުންތަކުގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހައްގުގައި ކުރެވުނު މަސައްކަތްތަކާމެދު ފަޚުރުވެރިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ބައްސާމް ވަނީ އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި އެކި ގޮތްގޮތުން އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

After an incredible chapter, today I step down as CEO of @matatoMV
— BASSAM ADAM (@BoduSam) March 31, 2026
Leading MATATO has been both a challenge and a privilege especially at a time when our industry continues to evolve rapidly.
I leave proud of the conversations we started, the partnerships we strengthened, and… pic.twitter.com/aZ1zCzaLLJ
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މަޓާޓޯގެ ސީއީއޯގެ މަގާމު ފުރުއްވަމުން ގެންދެވި ބައްސާމް ވަނީ، އޭނާގެ ދައުރުގައި ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމަށް ކުރެވުނު މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން، ސިނާއަތުގެ ކުރިއެރުމަށް ފެށި މަޝްވަރާތަކާއި، އެކި ފަރާތްތަކާއެކު ބަދަހިކުރެވުނު ގުޅުންތަކުގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހައްގުގައި ކުރެވުނު މަސައްކަތްތަކާމެދު ފަޚުރުވެރިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ބައްސާމް ވަނީ އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި އެކި ގޮތްގޮތުން އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު