ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ކުރިއަށްދާ "އީދު ބައިބަލާ ޗެލެންޖް 1447" ގެ ފޯރިގަދަ ފައިނަލް މެޗު މިރޭ އޮންނާނެ ކަމަށް ބައިބަލާ އެސޯސިއޭޝަނުން ހާމަކޮށްފިއެވެ.
ޖުމްލަ 38 ޓީމަކާއެކު ޑަބަލް އެލިމިނޭޝަން އުސޫލުން ކުރިއަށްދާ މި މުބާރާތުގެ ފައިނަލުގައި މިރޭ ބައްދަލުކުރާނީ ބީޖީ ސްޕޯޓްސް ކްލަބާއި ޒެޕޯ ސްޕޯޓްސް ކްލަބެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ 21:00 ގައެވެ.
މި ދެ ޓީމުން މުބާރާތުގެ ފައިނަލުގެ ޖާގަ ކަށަވަރުކުރީ ރޭ ކުޅުނު ސެމީ ފައިނަލް މެޗުތައް ގަދަ ހިފުމަކަށް ގެންގޮސްގެންނެވެ. މިއަހަރު މުބާރާތުގެ ގަވާއިދަށް ގެނައި ބަދަލާއެކު، ގަދަ ހިފުން ކާމިޔާބު ކުރެވެނީ ތިން ހިފުން ގެންދާ ޓީމަކަށެވެ. މި ބަދަލާއެކު ރޭގެ ސެމީ ފައިނަލް ދެ މެޗުވެސް ފަސް ހިފުމާ ހަމައަށް ދެމިގެންގޮސްފައިވެއެވެ.
ބީޖީ ސްޕޯޓްސް ކްލަބް ފައިނަލަށް ދަތުރުކުރީ މިއަހަރު އަލަށް މުބާރާތުގައި ވާދަކުރި ދަ ވުލްވްސް ކްލަބާ ބައްދަލުކޮށް 3-2 އިން މެޗު ކާމިޔާބުކޮށްގެންނެވެ. އަދި ޒެޕޯ ސްޕޯޓްސް ކްލަބް ފައިނަލުގެ ޖާގަ ހޯދީ ވަރުގަދަ އޮޑި ސްޕޯޓްސް ކްލަބް ހަމަ އެ ނަތީޖާއިން ބަލިކުރުމަށްފަހުއެވެ.
ބީޖީ އަކީ ބައިބަލާގެ ތާރީޚުގައި 10 ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. ނަމަވެސް އެ ޓީމު ފައިނަލެއްގައި މިކުޅެނީ 12 އަހަރުގެ މެދުކެނޑުމަކަށް ފަހުގައެވެ. އަނެއްކޮޅުން ޒެޕޯ އަކީ ބައިބަލާގެ މައިދާނަށް ދާދި ފަހުން ނުކުތް ޓީމެކެވެ. މިދިޔަ އަހަރު މުބާރާތުގައި ފުރަތަމަ ފަހަރަށް ވާދަކޮށް އެޓީމުވަނީ ސެމީ ފައިނަލާ ހަމައަށް ދަތުރުކޮށްފައެވެ.
ސެންޓްރަލް ޕާކުގައި ތައްޔާރުކޮށްފައިވާ ބައިބަލާ އެރީނާގައި މިރޭގެ މެޗު ފެށުމަށް ކުޑަތަންވަމުން ދާއިރު، ބައިބަލާ އެސޯސިއޭޝަނުން ވަނީ އެންމެހާ ސަޕޯޓަރުންވެސް ކުޅިވަރުގެ ރޫޙާ އެއްގޮތަށް ޓީމުތަކަށް ތަރުޙީބު ދިނުމަށް އިރުޝާދު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު