ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑް ނުވަތަ ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް ރާއްޖެއިން ކާމިޔާބުކުރުމާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ޝުކުރު އަދާކުރައްވައިފިއެވެ.
މިއަހަރުގެ ވޯލްޑް ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑް ރާއްޖެއަށް ލިބިފައިވަނީ ހުކުރު ދުވަހުގެ ރޭ އޮމާންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިއީ މިއެވޯޑް ރާއްޖެއިން ޖެހިޖެހިގެން ހާސިލުކުރި 3 ވަނަ ފަހަރެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި އެވޯޑް ރާއްޖެއަށް ލިބިގެންދިޔައީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މިންނެތް މަސައްކަތުން ކަމަށެވެ.
އޮމާންގެ ރިޓްޒް ކާލްޓަންގެ ހޮޓެލެއްކަމުގައިވާ އަލް ބުސްތާން ޕެލަސްގައި ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް 2022 ގެ ހަފްލާގައި ދިވެހިރާއްޖެއަށް ލިބުނު މި ޝަރަފުވެރި އެވޯޑާއި ހަވާލްވެވަޑައިގެންނެވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އެންޑް އެމްޑީ) އަލްފާޟިލް ތޮއްޔިބު މުހައްމަދު އަދި ރާއްޖޭގެ މިނިސްޓަރ އޮފް ޓޫރިޒަމް ޑރ ޢަބްދުﷲ މަޢުޞޫމްއެވެ.
ދިވެހިރާއްޖޭގެ އިތުރުން މި އަހަރު ލީޑިން ޑެސްޓިނޭޝަން އެވޯޑަށް 18 ގައުމެއް ނޮމިނޭޓްވެ ވާދަކޮށްފައިވެއެވެ. މީގެ ތެރޭގައި ދުބާއި, ޕޯޗުގަލް، އިންޑޮނޭޝިއާ އަދި ގްރީސްފަދަ ނަން މަޝްހޫރު ގައުމުތައް ހިމެނުނެވެ.

Congratulations to the Maldives tourism industry for winning the #worldsleadingdestination Award for the third year in a row. The award is an immense credit to the
— Ibrahim Mohamed Solih (@ibusolih) November 12, 2022
exceptional dedication and hard work of every single individual working in Maldivian tourism. Well done!
އޮމާންގެ ރިޓްޒް ކާލްޓަންގެ ހޮޓެލެއްކަމުގައިވާ އަލް ބުސްތާން ޕެލަސްގައި ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް 2022 ގެ ހަފްލާގައި ދިވެހިރާއްޖެއަށް ލިބުނު މި ޝަރަފުވެރި އެވޯޑާއި ހަވާލްވެވަޑައިގެންނެވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އެންޑް އެމްޑީ) އަލްފާޟިލް ތޮއްޔިބު މުހައްމަދު އަދި ރާއްޖޭގެ މިނިސްޓަރ އޮފް ޓޫރިޒަމް ޑރ ޢަބްދުﷲ މަޢުޞޫމްއެވެ.
ދިވެހިރާއްޖޭގެ އިތުރުން މި އަހަރު ލީޑިން ޑެސްޓިނޭޝަން އެވޯޑަށް 18 ގައުމެއް ނޮމިނޭޓްވެ ވާދަކޮށްފައިވެއެވެ. މީގެ ތެރޭގައި ދުބާއި, ޕޯޗުގަލް، އިންޑޮނޭޝިއާ އަދި ގްރީސްފަދަ ނަން މަޝްހޫރު ގައުމުތައް ހިމެނުނެވެ.
ކިޔުންތެރިންގެ ހިޔާލު