އަޅުގަނޑުމެން ލައި އުޅޭ އަންނައުނުގެ ބާވަތުގައިވެސް ވަކި އުމުރަކާއި ގުޅޭ ހެދުމާއި އަދި ވަކީ އުމުރަކަށް އެޅުމުން ދޫކޮށްލަންޖެހޭ ހެދުންތައް ހުންނަކަން ގިނަ ބަޔަކު ޤަބޫލުކުރާނެއެވެ. ހަމަ ގައިމުވެސް ޖިންސްއަކީވެސް މިފަދަ އަންނައުނުގެ ބާވަތެއްކަމުގައި ނުވެ ނުދާނެއެވެ. މީހާގެ އުމުރުން މުސްކުޅި އުމުރަށް ދިޔުމުން ޖިންސުލުން ހުއްޓާލަންވާނެއެވެ. އެއީ އެންމެ އެދެވިގެންވާ ގޮތެވެ.

މިއީ އަޅުގަނޑު ދެކޭގޮތެއް ނޫނެވެ. ފެޝަނިސްޓަރއިން ނުވަތަ ފެޝަންގެ ދުނިޔޭގެ މީހުން ޤަބޫލުކުރަނީ ޖިންސަކީ ކިތަންމެ ތިބާ ހިތްއެދޭ އަންނައުނުގެ ބާވަތެއް ކަމުގައިވީނަމަވެސް އެއީ މުސްކުޅިވުމުން ދޫކޮށްލަންޖެހޭ އަންނައުނުގެ ބާވަތެއް ކަމުގައެވެ. 'ދަ މީނިންގ އޮފް ލައިފް ބްލޮގް ގައި ޖޫލިޔާ ހިއްސާކޮށްފައިވާ ގޮތުގައި މިއީ ތަފާސް ހިސާބުތަކަށް ބަލާލުމުންވެސް އަންގައިދޭނެ ހަޤީގަތެކެވެ.



މިކަމާއި ގުޅޭގޮތުން ޖޫލިއާވަނީ އޭނާގެ ބްލޮގްގައި އިނގިރޭސިވިލާތުގެ ކުރިއާ ކުންފުންޏެއް ކަމުގައިވާ ކަލެކްޓް ޕްލަސް އިން ހޯދާފައިވާ މައުލޫމާތުތައް ހިއްސާކޮށްފައިވެއެވެ. މިގޮތުން މިކުރިއާ ކުންފުނިންގ އެޤައުމުގެ 2000 މީހުންގެ މައުލޫމާތު އެއްކޮށް ސާވޭއެއް ކޮށްފައިވެއެވެ. މިސާވޭގައި އެއްކޮށްފައިވަނީ އެމީހުން ލައިއުޅޭ އަންނައުނާއި ބެހޭ މައުލޫމާތެވެ.

މިދެންނެވި ސާވޭ އިން ފާހަގަކުރެވުނު ގޮތުގައި، މުސްކުޅި އުމުރަށް އެޅުމުން ޖިންސުލުމަކީ ރަނގަޅުގޮތެއް ނޫންކަމުގައި ސާވޭގެ ހުރިހާ ބައިވެރިން އިއްތިފާޤުވެއެވެ. އެމީހުން ބުނާގޮތުގައި 53 އަހަރަށް އެޅުމުން ބާރު ޑެނިމް ޖިންސަށް ފިޓުވާން މަސައްކަތްކުރުން ދޫކޮށްލަންޖެހޭނެއެވެ. އާއްމުކޮށް މިއުމުރަށް އެޅުމުން ހެޔޮވަރު ސައިޒުގެ ޖިންސުވެސް އާއްމުކޮށް ނުހުންނާނެއެވެ. އެހެންކަމުން މިއުމުރުގައި ޖިންސުފިޔަވައި އެހެން އެއްޗެއް ޚިޔާރު ކުރުން މާރަނގަޅުވާނެ ކަމުގައި އެމީހުން ދެކެއެވެ.

އެހެންނަމަވެސް، ސާވޭގެ ބައިވެރިންގެ ތެރެއިން މިއުމުރުގެ ކޮންމެ 10 މީހުންގެ ތެރެއިން 1 އަށް، ހެޔޮވަރު ޖިންސު ހޯދުމުގެ މަސައްކަތުގެ ތެރެއިން އެތައް ތަނެއް ބެލުމަށްފަހު އަދި އެތަށް ޖިންސު ޗެކުކުރުމަށްފަހު ހާލަކުން ފަހަރަކު ހެޔޮވަރު ޖިންސެއް ލައްވާލައެވެ. އަދި ދިރާސާތަކުން ދައްކާގޮތުގައި ޖިންސު ގަތުމަށް މިއުމުރުގެ މީހުން އެކިފިހާރަތަކަށްވަދެ އުޅުމުގައި ވަރަށް ބޮޑަށް ސްޓްރެސްވާކަމަށް ފާހަގަ ކުރެވެއެވެ. މީގެ ތެރޭގައި ހިމެނޭ %6 މީހުންނަށް ސްޓްރެސް މެނޭޖުކުރަން ނޭނގި ފިހާރައިގެ ތެރޭގައި ދެރަވެ ރޮވުނު ކަމަށްވެސް ދިރާސާތަކުން ދައްކައެވެ.

އެންމެ ކަމުދާ ކަހަލަ ޖިންސެއް ހޯދުމަށް ކޮންމެ އުމުރެއްގެ މީހެއް ނަމަވެސް މަސައްކަތް ކުރާއިރު ގިނަ ފިހާރަތަކަށް ދާންޖެހި އުނދަގޫތަކެއް މެދުވެރިވެދާނެއެވެ. ބޭނުންވާ ސްޓައިލްއެއް ހޯދުމަށް ގިނަ މީހުން 5 ދުވަހާއި 6 ދުވަހުގެ މުއްދަތެއް އާއްމުކޮށް ހުރިހާ އުމުރެއްގެ މީހުންވެސް ނަގާ ކަމަށް ދިރާސާއިން ދައްކައެވެ. އެހެންނަމަވެސް ކަމުދާ ޖިންސެއް ލިބުމުން ގިނަ މީހުން އައު ޖިންސެއް ނުގަނެ މަދުވެގެން 3 އަހަރު ދުވަސް އާއްމުގޮތެއްގައި ހޭދަކުރެއެވެ.

އުމުރުން 50 އަށް އެޅުމުންވެސް އަދިވެސް ޖިންސުލާން ބޭނުންނަމަ ބޭނުންގޮތަކަށް ކުރިއަށްދާށެވެ. އެއުމުރަށް ދިޔުމުންވެސް ޖިންސްލުމަކީ އަމިއްލަ ހިތްހަމަ ޖެހުމަށް ކުރާ ކަމެއްކަމަށްވާނަމަ އުދަގުލުންނަމަވެސް ހެޔޮވަރު ޖިންސްހޯދައިގެންވެސް ލާންވީއެވެ. މީހުން ބުނާ އެއްޗެއް ބުނުމަށް ދޫކޮށްލާށެވެ. އެހެންނަވެސް އެއުމުރުގައި ޖިންސްލުން އެދެވިގެންވަނީ ތިބާ ހަންގަނޑާއި ގަޔަށް އުނދަގޫނުވާނަމައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން