ހަކުރު ބަލި (ޑައިބިޓީސް) ހުންނަ މީހުންގެ ހަށިގަނޑުގައި ބްލަޑް ޝުގަރ ލެވަލް ނުވަތަ ހަކުރު ހުންނަ މިންވަރު މަތިވެފައި ދަށްވުމުން ހަށިގަނޑަށް ބަދަލުތަކެއް އާދެއެވެ. ހަކުރުބަލީގެ ޓައިޕް 2 އަކީ ހަށިގަނޑުގައި އުފައްދާ އިންސުލިން ރަނގަޅަށް ހަށިގަނޑަށް ބޭނުން ނުކުރެވި އިންސުލިން ގިނަވުމަށް މެދުވެރިކުރުވާ މެޓަބޮލިކް ބައްޔެކެވެ. ދިގު މުއްދަތެއްގައި ހަކުރު ބަލީގައި އުޅޭ މީހުންގެ ކިޑްނީއާއި ހިތުގެ މައްސަލަތައް ދިމާވުމަށް މެދުވެރިވެއެވެ.

ހަކުރުބަލީގެ ޓައިޕް 1 ޑައިބިޓީސްއަކީ ޕެންކްރިއަސްއިން އިންސުލިން އުފެއްދުން ހުއްޓުމުން ބޭސް ބޭނުންކޮށްގެންނާއި އިންޖެކްޝަން ޖަހައިގެން ހަކުރުން އުފައްދާ އިންސުލިން ހޯމޯން ހަށިގަނޑުގައި ހަކުރު މެނޭޖް ކުރަން ޖެހޭ ބައްޔެކެވެ.

ހަށިގަނޑުގައި ހަކުރު މަތިވުމުން އަދި ދައްވުމުންވެސް ހަށިގަނޑުން ސިގުނަލްތަކެއް ދޭނެއެވެ. މިގޮތުން ހަކުރު ގިނަވެއްޖެނަމަ، ވަރަށް ބޮޑަށް ގިނައިން ފެން ބުއިނަމަވެސް ކަރު ހިއްކާނެއެވެ. އަދި ގިނައިން ކުޑަކަމުދާން ޖެހިދެއެވެ. އަދި ބައެއް ފަހަރު ދެލޯފުސްވެ ހަންގަނޑުގައި އިންފެކްޝަން އުފެދެންވެސް ދިމާވެއެވެ.

ގުލްކޯޒް ލެވަލް ދަށްވުމުން، ހިތް އަވަސްވެ، ދާހިއްލައި ބޯއަނބުރައި އަދި ބަނޑުހައިވާނެއެވެ. ތިރީގައި މިވަނީ ފްރާންސްގެ ބައޯކެމިސްޓް ޖެސީ އިންހޯޕޭ އިންސްޓަރގްރާމްގައި ހިއްސާކޮށްފައިވާ، ޑައިބިޓީސް ހުންނަ މީހުންގެ ލޭގައި ހަކުރު ހުންނަ މީންވަރު މައްޗަށް ދިއުމުން ފެންނާނެ އަލާމާތްތަކެވެ.

1. 'ބްރެއިން ފޮގް'

ބްރެއިން ފޮގް ވުމަކީ ކަންކަމަށް ސަމާލުކަން ނުދެވުމާއި ކަންކަން މާއަވަހަށް ހަނދާންނެތި ވިސްނަމުންދިޔަ ކަންކަންވެސް ނޭނގޭވަރަށް މީހާގެ ސިކުނޑި މަސައްކަތްނުކުރުމެވެ. މިހެން މެދުވެރިވަނީ ގުލްކޯސް ލެވަލް މާބޮޑަށް މަތިވުމުން ސިކުނޑީގެ ނިއުރޯންތަކުން ސިގުނަލްތައް ދައުރުކުރުމުގެ މަސައްކަތްތައް ލަސްވުމުންނެވެ.2. އަންހެނުންގެ ބޮލުން އިސްތަށިފޭބުން؛

ބޮލުން އިސްތަށި ފޭބުމަކީވެސް ލޭގައި ހަކުރު ހިމެނޭ މިންވަރު އިތުރުވުމުން ދިމާވެދާނެ ކަމެކެވެ. އަންހެނުންގެ ހަށިގަނޑުގައި ގުލްކޯޒް ލެވަލް އިތުރުވެއްޖެނަމަ ޓެސްޓަސްޓްރޯން ކިޔާ ފިރިހެން ހޯމޯންއެއް ހަށިގަނޑުގައި އިތުރުވެއެވެ. މީގެ ސަބަބުން ބޮލުން އިސްތަށިފައިބާ އަދި މޫނުގައި އިސްތަށިފެޅުންފަދަ ކަންކަން ދިމާވެއެވެ.

3. ހޭލާވަގުތު ހިތުގެ ވިންދު އަވަސްވުން

ރޭގަނޑުގެ ކެއުމުގައި ގިނައިން ހަކުރު ހުރި ބާވަތެއް ކައިގެން ނިދުމުން ހަށިގަނޑުގައި ގުލްކޯޒް ލެވަލް އިތުރުވެ ހެނދުނު ނިދިންހޭލެވޭ ވަގުތުގައި ދާހިއްލައި، ހޮޑުލަވައި އަދި މާގަދައަށް ހިތް ތެޅުން ފަދަ ކަންކަން ދިމާވެއެވެ. އެހެންކަމުން ރޭގަނޑުގެ ކެއުމުގައި ޞިއްޙަތަށް ފައިދާހުރި ހަކުރު މަދުން އެކުލެވޭ ކެއުމެއް ކެއުމަށް ސަމާލުކަންދޭށެވެ.

4. އެކްޒީމާ؛

އެކްޒީމާއަކީ ހަންގަނޑުގައި އުސްކޮށް ހަރުކޮށް ހުންނަ ހަށިގަނޑުގެ އެކި ތަންތަނުގައި އުފެދޭ ހަމުގެ މައްސަލައެކެވެ. ހަކުރު ގިނަވުމުން ހަށިގަނޑު އިންފްލޭމްވެ ހަމުގެ މިފަދަ މައްސަލަތައް ދިމާވެއެވެ.5. އަބަދު ބަނޑުހައިވެފައި ހުރުން؛

އަބަދު ބަނޑުހައިވެފައި ހުރުމަކީ ހަށިގަނޑުގައި ހަކުރު އެކުލެވޭ މިންވަރު އިތުރުވެފައިވާކަމުގެ އަލާމާތެކެވެ. އިންސުލިންއާއި ގުލްކޯޒް އިތުރުވުމުން ބަނޑުހައިކުރުވައި އަބަދު ކާންބޭނުންވެއެވެ.

ހަކުރުބަލި ހުންނަ މީހުން ކެއުމުގައި ހަށިގަނޑަށް ފައިދާހުރި ކެއުން ބޭނުންކުރުމަކީ މުހިންމު ކަމެކެވެ. އަދި ޤަވައިދުން ގޭގައި ހަކުރު ޓެސްޓު ކުރާ ކިޓެއް ބޭނުންކޮށްގެން ހަކުރު ހުރި މިންވަރު ބަލައި ލިޔެ މޮނީޓަރުކުރަމުން ދިއުމަކީވެސް އެހައިމެ މުހިންމު ކަމެކެވެ. އަދި މަތީގައިވާ ކަންކަން ދިމާވެ ހަކުރު ލެވަލް މާބޮޑަށް މައްޗަށްދާނަމަ ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދު ހޯދައި އެއާއެއްގޮތަށް ޢަމަލުކުރާށެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން