ހިނގަމުން މިދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިއަދު ނިއްމާލައިފިއެެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ ނިންމާލައްވަމުން މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އުފެދުނީންސުރެ މިއަދާ ހަމައަށް މި ވޭތުވެ ދިޔަ 92 އަހަރުތެރޭ އެންމެ ގިނަ މަސައްކަތް ކުރެވުނީ ނިމިގެން މިދާ 19 ވަނަ މަޖިލީހުގައި ކަމަށެވެ.
އަަސްލަމް ވިދާޅުވީ މި ދައުރުގައި 530 ޖަލްސާއަކާއި، 3،784 ކޮމިޓީ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އެގޮތުން މި ދައުރުގައި 178 ބިލާއި، 73 ގަރާރުގެ މަސައްކަތް ކުރި ކަމަށާއި ސަރުކާރުން ހުށަހެޅި 152 މައްސަލައަކާއި، ރިޔާސަތުން ހުށަހެޅި 104 މައްސަލައެއްގެ އިތުރުން މެންބަރުން ހުށަހެޅި 48 މައްސަލައެއް ބަލައި އެ މަސައްކަތް ކޮށްފައިވާކަން އަސްލަމް ފާހަގަކުރެއްވިއެވެ.
އަދި ދައުލަތުގެ ބަޖެޓުތައް ފާސްކުރުން ފަދަ ގިނަ މަސައްކަތްތަކެއް މި ދައުރުގައި ކޮށްފައިވާ ކަމަށް މަޖިލީހުގެ އެންމެ ގިނަ ދުވަސް ވީ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަސްލަމް ވިދާޅުވިއެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 20 ވަނަ ރައްޔިތުންގެ މަޖިލިހަށް ހޮވި 93 ބޭފުޅުން މެމްބަރުކަމުގެ ހުވާ މި މަހުގެ 28 ވަނަ ދުވަހު ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު