މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ މެކަލްމޯގެ ހިންދްސް ހޯލް ޔޫޓިއުބުން ސެންސަރު ކޮއްފިއެވެ.

ޔޫޓިއުބުން ބުނާ ގޮތުގައި އެ ލަވަ އޭޖް ރެސްޓްރިކްޓް ކޮއްފައިވަނީ ޔޫޓިއުބްގެ ވައަލެންޓް އޯރ ގްރެފިކް ކޮންޓެންޓް ޕޮލިސީއަށް ފެތޭތީ ކަމަށެވެ. އަދި ބައެއް ފަހަރު ވީޑިއޯތައް ޕޮލިސީ އާއި ހިލާފް ނުވިއަސް 18 އަހަރުން ދަށުގެ ކުޑަކުދިންނާއި ނުގުޅޭކަމަށް ނިންމާ ރެސްޓްރިކްޓް ކުރާކަމަށް ވެސް ޔޫޓިއުބުން ބުނެއެވެ.

މެކަލްމޯގެ މި ލަވަ އަކީ އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ނަސްލުނައްތާލުމުގެ ހަނގުރާމައާއި އެކި ގައުމުތަކުގައި ފަލަސްތީނުގެ މިނިވަންކަމަށް ކުރާ މުޒާހަރާތަކަށް އަލި އަޅުވާލާ ހަދާފައިވާ ލަވަ އެކެވެ. މި ލަވައިގެ ވީޑިއޯގައި ފެނިގެންދަނީ ފަލަސްތީނުގެ ހައްގުގައި ކުރާ މުޒާހަރާތަކާއި ފުލުހުންނާއި އެކި ސިޔާސީ ލީޑަރުންނެވެ.

މެކަލްމޯ މި ލަވަ ނެރެމުން ބުނެެފައިވަނީ ލަވައިން ލިބޭ އާމްދަނީ ޔޫ.އެން.އާރް.ޑަބްލިއު.އޭ އަށް ހަދިޔާ ކުރާނޭ ކަމަށެވެ. ސޯޝަލް މީޑިއާގައި މެކަލްމޯއަށް ދަނީ ތައުރީފާއި ޝުކުރު އޮއްސަމުންނެވެ. މަޝްހޫރު ފިލްމީ ތަރިންނާއި ލަވަކިޔުންތެރިން ފަލަސްތީނުގައި ހިންގަމުންދާ ހަނގުރާމައިގެ ވާހަކަ ނުދައްކާތީ އެމީހުންނަށް ދަނީ ފާޑުކިއުން އަމާޒުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން