މިއަދު ނިންމާލި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުގައި އެމްޑީޕީގެ މެންބަރުން ކުރި މަސައްކަތަށް އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ޝުކުރު އަދާކުރައްވައިފިއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ އެންމެ ފަހު ޖަލްސާ މިއަދު ބާއްވާފައިވާއިރު ފައްޔާޒު މިއަދު އެކްސްގައި ވަނީ މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރި ހުރިހާ މެމްބަރުންނަށް ޝުކުރާއި މަރުހަބާ ދަންނަވާފައެވެ.
އަދި މިދިޔަ ފަސް އަހަރު އެމްޑީޕީގެ ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން ގިނަ މަސައްކަތްތަކެއް ދަތި އުނދަގުލުގެ ތެރެއިން ވެސް މަޖިލީހުން ވަނީ ފުރިހަމަކޮށްފައި ކަމަށާއި އެ ބަދަލުތަކަކީ ގައުމާއި ރައްޔިތުންނަށް މުސްތަގުބަލުގައި ގިނަ ފައިދާތަކެއް ކުރާނެ މުހިންމު ބަދަލުތަކެއްކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ، ކުރިއަށް އޮތް މަޖިލީހުގައި ވެސް ޕާޓީގެ މެމްބަރުން ވަކާލާތުކުރާނީ ގައުމުގެ މަސްލަހަތާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގައި ސުޕަރ މެޖޯރިޓީ ލިބުނީ އެމްޑީޕީއަށެވެ. ވެރިކަމުގައި އޮވެ މަޖިލީހުގެ ސުޕަރ މެޖޯރިޓީއާއިއެކު މަސައްކަތް ފެށި ނަމަވެސް އެމްޑީޕީ ދެކަފިވެ ރައީސް މުޙައްމަދު ނަޝީދު އެ ޕާޓީން ވަކިވެ މަޖިލީހުގެ ރައީސްގެ ގޮތުގައި ހުންނަވާ ސަރުކާރުން ކުރިއަށް ގެންދިޔަ މަސައްކަތްތަކާއި ދެކޮޅަށް ކުރެއްވި މަސައްކަތުގެ ސަބަބުން މަޖިލީހުގެ މަސައްކަތްތައް މަޑުޖެހުނުކަން އެމްޑީޕީން ފާހަގަ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު