ރަސްމީ ފާލަން ނުވަތަ "ޢިއްޒުއްދީން ފާލަން" އަލުން ތަރައްޤީކުރުމުގެ މަޝްރޫޢު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާއި ހަވާލުކުރުމާއި ގުޅިގެން، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިހާރު ފަށާފައިވާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
ރަސްމީ ދަތުރުފުޅުތަކުގައި ރާއްޖެއަށް ޒިޔާރަތްކުރައްވާ ބޭރު ޤައުމުތަކުގެ އިސްވެރިންނާއި އިއްޒަތްތެރިން މާލޭއަށް ފައިބައިވަޑައިގަތުމަށް ބޭނުންފުޅުކުރަށްވާ ޢިއްޒުއްދީން ފާލަމަކ،ީ ދިވެހި ޖުމްހޫރިއްޔާގެ ޢިއްޒަތާއ،ި ސިޔާދަތާއ،ި ދިވެހިންގެ އަމިއްލަވަންތަކަން ރަމުޒުކޮށްދޭ މުހިންމު ބިނާއެކެވެ. ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރުފުރުމުގެ މުނާސަބާތާއި ގުޅިގެނ،ް ޢިއްޒުއްދީން ފާލަން އެންމެ ފަހުން ފަރުމާކޮށްފައިވަނީވެސް އެމްޓީސީސީ އިންނެވެ. މި ފާލަން ފަރުމާކުރެވުނީ އިހުޒަމާނުގައި ދަތުރުފަތުރުކުރުމަށް ބޭނުންކުރެވުނު އޮޑިދޯނިފަހަރާއި ބައްތެލީގެ ރިޔާތައް ރަމްޒެއް ކަމަށް ބަލައިގެންނެވެ.
ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ޢިއްޒުއްދީން ފާލަން ވަނީ ވަރަށް ބޮޑަށް ވީރާނާވެ މަރާމާތަށް ބޭނުންވެފައެވެ. އެގޮތުނ،ް އަލުން ތަރައްޤީކުރެވޭ ރަސްމީ ފާލަމަކީ ދިވެހީންގެ ޤައުމިއަޔަތާއ،ި ސަގާފަތް ރަމްޒުކޮށްދޭ، ގިނަ ދުވަހު ބޭނުންކުރެވޭފަދަ ފެންވަރު ރަނގަޅު ފާލަމަކަށްވާނެކަމުގެ ޔަޤީންކަން އެމްޓީސީސީން ވަނީ ދީފައެވެ.
އެމްޓީސީސީން ބުނީ ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ކުރީގެ ޖެޓީ ރޫޅާލުމާއ،ި އައު ޖެޓީގެ ކޮންކްރީޓް މަސައްކަތާއ،ި ސްޓީލް ސްޓަރަކްޗަރ ފަރުމާކުރުމާއ،ި ލަކުޑި އަދި މަތިވަޑާމުގެ މަސައްކަތް ހިމެނޭކަމަށެވެ. މި މަޝްރޫޢަކީ 11.7 މިލިއަން ރުފިޔާއަށް 270 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.

ކިޔުންތެރިންގެ ހިޔާލު