ވީޗެޓް ރާއްޖެއަށް ތައާރަފްވެގެންދިއުމާއެކު، ރާއްޖެއަށް ޒިޔާރަތް ކުރާ ފަރާތްތަކަށާއި ވިޔަފާރިތަކަށް އެތައް ލުޔިފަސޭހަތަކެއް ލިބިގެންދާނެކަމަށް، އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ ކާޑު މެޝިންތަކުން ވީޗެޓް ޕޭ އިން ފައިސާދެއްކޭ ހިދުމަތް ތައާރަފްކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެޕޯސްޓުގައި މިނިސްޓަރ ވަނީ ރާއްޖެއަށް ވީޗެޓް ޕޭ ތަޢާރަފްކޮށްދިނީތީ ބޭންކް އޮފް މޯލްޑިވްސްއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި އިންޓަގްރޭޝަންގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށާއި ވިޔަފާރިތަކަށް ވެސް ޕޭމަންޓް ސްޓްރީމްލައިންކޮށް، ޕޭމަންޓް އެފިޝަންސީ އިތުރުކުރެވިގެންދާނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ވެއިޝިންގ ޕޭ، ނުވަތަ ބައިނަލްއަޤްވާމީ މާކެޓްގެ އާންމު ނަމުންނަމަ ވީޗެޓް ޕޭ، ބޭންކުގެ ޕޮއިންޓް-އޮފް-ސޭލް (ޕީއޯއެސް) ޓަރމިނަލް ނެޓްވޯކްގައި ބޭނުންކުރެވޭ ގޮތް ހަދައި އެޚިދުމަތް ފަށާފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޑިއުޓީފްރީ ގައި ހިމެނޭ ވިޔަފާރިތަކުންކަމަށް ބީއެމްއެލް އިން ބުނެއެވެ. މިއާއެކު، ޗައިނާގެ މަގްބޫލު މިއެޕުން ކިއުއާރު ޕޭމަންޓް މެދުވެރިކޮށް ވިޔަފާރިތަކަށް މިހާރު ފައިސާ ބަލައިގަނެވޭނެއެވެ. މީގެ ކުރިން ވީޗެޓް ޕޭ ލިބެނީ ހަމައެކަނި ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށެވެ.

We welcome this advancement in payment methods and extend our gratitude to @bankofmaldives for introducing WeChat Pay to the Maldives. This integration streamlines payments for both visitors and businesses, enhancing payment efficiency across the boardhttps://t.co/n90InWoTJi
— Mohamed Saeed (@em_saeed) May 13, 2024
ބޭންކް އޮފް މޯލްޑިވްސް އިން ވެއިޝިންގ ޕޭ، ނުވަތަ ބައިނަލްއަޤްވާމީ މާކެޓްގެ އާންމު ނަމުންނަމަ ވީޗެޓް ޕޭ، ބޭންކުގެ ޕޮއިންޓް-އޮފް-ސޭލް (ޕީއޯއެސް) ޓަރމިނަލް ނެޓްވޯކްގައި ބޭނުންކުރެވޭ ގޮތް ހަދައި އެޚިދުމަތް ފަށާފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޑިއުޓީފްރީ ގައި ހިމެނޭ ވިޔަފާރިތަކުންކަމަށް ބީއެމްއެލް އިން ބުނެއެވެ. މިއާއެކު، ޗައިނާގެ މަގްބޫލު މިއެޕުން ކިއުއާރު ޕޭމަންޓް މެދުވެރިކޮށް ވިޔަފާރިތަކަށް މިހާރު ފައިސާ ބަލައިގަނެވޭނެއެވެ. މީގެ ކުރިން ވީޗެޓް ޕޭ ލިބެނީ ހަމައެކަނި ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށެވެ.
ކިޔުންތެރިންގެ ހިޔާލު