ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާވެސް މަޖިލީހުގެ މަސައްކަތްތަކަށް ކުރިއެރުމެއް ނުލިބި ނިންމާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަކީ އެމްޑީޕީގެ 29 މެންބަރަކު މަޖިލީހުގެ ޖަލްސާތައް ދައުރުން ބޭރުން ބާއްވައިދިނުމަށް އެދި ހުށަހެޅުމާ ގުޅިގެން ބާއްވަން ފެށި މަޖިލިސް ޖަލްސާތަކުގެ ފުރަތަމަ ޖަލްސާއެވެ.
މިއަދުގެ ޖަލްސާ ފެށްޓެވުމަށްފަހު މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އެމްޑީޕީން ވަކިވުމާ ގުޅިގެން، މަޖިލިސް ކޮމިޓީ ތަކަށް ބަދަލު އައިސްފައިވާ ކަމަށެވެ.
އެހެންކަމުން ކޮމިޓީތަކުގެ ނިސްބަތަށް އައި ބަދަލު އަލުން މެންބަރުންނަށް ފޮނުވައި އިސްލާހު ހުށަހަޅަން ފުރުސަތު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފައެވެ.
“މިހާރު އައިސްފައިވާ ބަދަލާއެކު ރިޕޯޓު އަލުން މެމްބަރުންނަށް ސާކިއުލޭޓު ކުރުމަށްފަހު، މި ޖަލްސާ އަނެއްކާ ކުރިއަށް ގެންދެވޭނެ،” މިއަދުގެ ހާއްސަ ޖަލްސާ ނިންމާލައްވަމުން އަފީފް ވިދާޅުވި އެވެ.
މަޖިލީހުގެ ޖަލްސާތައް ގަވާއިދުން ނުބޭއްވި މަޖިލީހުގައި މަރުތަޅު އެޅިފައިވަނީ ރައީސް ނަޝީދަށް ތާއީދުކުރައްވާ 13 މެމްބަރަކު އެމްޑީޕީން ވަކިވެވަޑައިގެންނެވުމާ ގުޅިގެން މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް ބަދަލު ގެންނަންޖެހުމާ ގުޅިގެންނެވެ.
އެކަމާމެދު މެމްބަރުންގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައިނުވާތީ މަޖިލީހުގެ ގިނަ މަސައްކަތްތަކެއް ހުއްޓި މަޖިލީހުގައިވަނީ މަރުތަޅުއެޅިފައެވެ.

ކިޔުންތެރިންގެ ހިޔާލު