ޞާދިރު ޢަލީދީދީ   30 ޖޫން 2023 - 14:15
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
ނަބީބޭކަލެއްގެ ޙައިޘިއްޔަތުން ކަންތައް ކުރެއްވިގޮތް



އިސްލާމްދީން ފެށުނީ މީލާދީން 610 ވަނަ އަހަރުގައެވެ. އިސްލާމްދީނުގެ ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިވަސައްލަމަ (570-632މ)އަށް އެންމެ ފުރަތަމަ ވަޙީބާވައިލެއްވުމުންނެވެ. އެވަގުތު ދުނިޔޭގައި މުއުމިނަކަށްވެސް އަދި މުސްލިމަކަށްވެސް ހުންނެވީ އިތުރު ސާހިބާ ގިނިކަންޏާއެވެ.

މީލާދީން 622 ވަނަ އަހަރުގައި އިތުރު ސާހިބާ މައްކާއިން މަދީނާއަށް ހިޖްރަ ކުރެއްވިއެވެ. މަދީނާގައި އެންމެ ފުރަތަމަ އިސްލާމީ ދައުލަތުގެ ބިންގައު އެޅުއްވިއެވެ. އޭރު އެއިސްލާމީ ދައުލަތުގެ ސަރަޙައްދު އެކުލެވިފައިވަނީ ކުޑަކުޑަ ރަށެއް ހަމައެކަނި ބައެއް އަވަށްތަކުގެ މައްޗަށެވެ. އެހެނީ މަދީނާގެ ބޮޑުބައި އޭރުއޮތީ ޔަހޫދީންނާއި އަދި އެހާތަނަށް އިސްލާމް ނުވެތިބި ޢަރަބީންގެ ބާރުގެ ދަށުގައެވެ. ނަމަވެސް އޭގެ އެގާރަ އަހަރު ފަހުން އިތުރު ސާހިބާ މުޙައްމަދު ޞައްލަ ﷲ ޢަލައިވަސައްލަމް ސުވަރުގެ ވަޑައިގެންނެވިއިރު ގާތްގަނޑަކަށް ދިހަލައްކަ އަކަމޭލަށް (މުޅި ޢަރަބި ކަރައާއި ދެކުނު ފަލަސްޠީނަށް) އިސްލާމީ ދައުލަތް ފެތުރިފައި އޮތެވެ. އޭގެފަހުން ސަތޭކަ އަހަރަށްވުރެވެސް ކުރު މުއްދަތެއްގެ ތެރޭގައި އެއްދިމާއަކުން އުތުރު އެފްރިކާގެ ތެރެއިންލައިފައި ސްޕޭނަށް އަނެއް ދިމާއަކުން އީރާނުގެ ތެރެއިންލައިފައި ޗައިނާގެ ސަރަޙައްދާ ހަމަޔަށް އިސްލާމްދީންވަނީ ފޯރައިފައެވެ. އިރުމަތީ ޔޫރަޕްގައި އިސްލާމްދީން ކުރިއަރައިގެން ދިޔަދިޔުން ބުޑަޕެސްޓް (ހަންގެރީ) އާ ހަމައަށް ފޯރިއެވެ. ދާނުބުކޯރުގެ އައްސޭރިގައި "ގުލްބާބާ"ގެ ތުރުކީ ފާޑުވެރިކަމުގެ މަޤްބަރާ މިއަދުވެސް ނިޝާނެއްގެ ގޮތުން ފެންނާން އެބަހުއްޓެވެ. ފަރަންސޭސިވިލާތުގެ ބައެއްފައްޅިތަކުގެ މުންނާރުތަކުގައި ޢަރަބި ޢިބާރާތްތަކުން ބިންވަޅު ނަގައިފައިހުރި ހިލަތައް ބޭނުންކޮށްފައި އެބަހުއްޓެވެ. އެއީ މީލާދީން އަށްވަނަ ސައްތައިގެ ހަނދާންތަކެކެވެ. އެއީ ފްރާންސްގެ ދެކުނު ސަރަޙައްދު އިސްލާމީ ޚިލާފަތުގެ ޔޫރަޕިއަން ޕްރޮވިންސެއްގެ ގޮތުގައި އޮތް ދުވަސްވަރުގެ އަސަރުތަކެވެ.

ޢަރަބީންގެ ނަބިއްޔާގެ އުއްމަތް ޖަމަލުގޮވިކަމުން ފަށައިގެން ތަރައްޤީގެ މަގުގައި ކުރިޔަށްގޮސް ހިޖްރައިގެ އެންމެ ދުއިސައްތަ ވަރަކަށް އަހަރުގެތެރޭގައި ދުނިޔޭގެ އިމާމުކަމުގެ މަޤާމް ހޯދިއެވެ. އީރާނުގެ އުސްޠާޚިރާއި، މިޞްރުގެ ރަމްސީސާއި، ޔޫރަޕްގެ ރޯމުގެ ބަދަލުގައި ދުންޔަވީ ގޮތުންވެސް، ފިކުރީ ގޮތުންވެސް، ތަމައްދުނީ ގޮތުންވެސް ދުނިޔޭގެ މަރްކަޒަކީ ބަޣްދާދު ކަމުގައި ހިމެނިގެން ދިޔައެވެ.

މިދެންނެވި ފަޚްރުވެރި ކާމިޔާބީ ހޯދައިފައިވަނީ އިންތިހާ ދަރަޖައިގެ ސާދާ ޕްރޮގްރާމެއްގެ ޒަރީޢާއިންނެވެ. ކީރިތި ޤުރްއާނުގެ ޢިބާރާތުން އެ "ޕްރޮގްރާމް" ތިރީގައި މިދަންނަވަނީއެވެ.

"އޭ ފޭރާންތައް (ގައިކޮޅުގައި) އޮޅުއްވައިގެން އޮންނެވި ކަލޭގެފާނެވެ! ކަލޭގެފާނު ތެދުއެވަޑައިގެން އިންޒާރު ކުރައްވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ތަކުބީރު ވިދާޅުވާށެވެ! އަދި ކަކޭގެފާނުގެ ފޭރާންކޮޅުތައް ޠާހިރު ކުރައްވާށެވެ! އަދި ބުދަށް އަޅުކަންކުރުމާ ދުރުވެވަޑައިގަންނަވާށެވެ! އަދި ގިނައިން ލިބުން އެދިވަޑައިގެން (މީހަކަށް) އެއްޗެއް ނުދެއްވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ އަށްޓަކައި ކަލޭގެފާނު ކެތްތެރިވެވަޑައިގަންނަވާށެވެ! (އަލްމުއްދައްޘިރު 1-7 )

މިދެންނެވި "ޕްރޮގްރާމް" ޚުލާޞާ ކުރާނަމަ އޭގައިވަނީ މައިގަނޑު ތިން ނުކުތާއެއް ކަމުގައި ދެންނެވިދާނެއެވެ. އެއީ:

1. އަމިއްލަ އުޞްލާޙާއި އެގޮތުގައި މާތް ﷲ އަށް އަޅުކަންކުރުމާއި، ތިމާގެ އަޚްލާޤު ރަނގަޅު ކުރުމާއި، ހުރިހާ ބާވަތެއްގެ ނުބައި ކަންތައްތަކެއް ދޫކޮށްލުން.

2. އިންސާނާއަކީ އެއްކައުވަންތަ މާތް ﷲ ގެ އަޅެއްކަމާއި އޭނާ މަރުވުމަށްފަހު އެކަލާނގެ ޙަޟުރަތަށް ދާންޖެހޭނެ ކަމުގެ ޙަޤީޤަތް އޮޅުންފިލުވައިދިނުން.

3. ތިމާ އިޞްލާޙުވުމާއި އެހެންމީހުންނަށް ޙައްޤުމަގު އޮޅުންފިލުވައިދިނުމުގެ މަސައްކަތުގައި ކުރިމަތިވާ އުނދަގޫތަކާއި މުޞީބާތްތަކަށް ކެތްތެރިވުމާއެކު މާތް ﷲ ގެ ނިޔާފުޅަށް އިންތިޒާރު ކުރުން.

********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން