ޙުސައިން ރަޝީދު އަޙުމަދު   29 ޖޫން 2023 - 15:10
އަޒާން ނުވަތަ ބަންގިއޭ ވިދާޅުވެފަ އެއްވެސް ދުޢާއެއް ކީރިތި ރަސޫލާ ދަސްކޮށް ދެއްވާފައި ނުވެއެވެ. ޙަދީސުގައި އަންނަނީ إذا سمعتم المؤذن فقولوا مثلنا يقول المؤذن ثم صلوا علي ثم قولوا اللهم رب هذه الدعوة التامة ..... މާނައީ: ތިޔަބައި މީހުންނަށް ނަމާދަށް ގޮވާ މީހާގެ އަޑު އިވުމުން އޭނާ ކިޔާގޮތަށް އެކަލިމަތައް ކިޔާށެވެ. ދެން ތިމަން ކަލޭގެ ފާނުންގެ މައްޗަށް ޞަލަވާތް ކިޔަވާށެވެ. އޭގެ ފަހުން މިދުޢާ ކުރާށެވެ.

ދެން ބަލާއިރު ނަމާދަށް ގޮވާމީހާ އެއްކަލިމަތަކެއް ގޮވަނީ 2 ތަނެއް ގައި. އެއީ ނަމާދުގެ ވަގުތު ޖެހުމުންނާއި ނަމާދު ފައްޓަންވުމުން. އެއްތަނަށް ކިޔަނީ ބަންގިއޭ، އަނެއް ތަނަށް ކިޔަނީ ޤަމަތޭ، ބައެއްފަހަރު ޤަމަތަށް ބަންގިއޭވެސް އެބަކިޔޭ. އެހެންކަމަށް ވާނަމަ ނަމާދަށް ގޮވާމީހާއަށް އެއް ތަނުގައި އިޖާބަ ދީފައި އަނެއްތަނުގައި އިޖާބަ ނުދިނުމަކީ ޙަދީޘާ ފުށުއަރާ ކަމެއް. ޤަމަތު ދުޢާ ކިއުމީ ސުއްނަތެއް.

عورة المرأة عند الإمام الشافعي وفي المذهب الشافعي

އިމާމު ޝާފީއާއި ޝާފިޢީ މަޛްހަބުގައި އަންހެނާގެ ޢައުރަ

ތިޔަ ކުރި ސުވާލުގެ ޖަވާބުގައި ބުނަމެވެ. ޝާފިޢީ މަޛްހަބުގައި ނަމާދުން ބޭރުގައި ވިއަސް އަންހެނާގެ ޢައުރައަކީ މޫނާއި ދެއަތްތިލަ ފިޔަވައި މުޅި ހަށިގަނޑެވެ.

އަލްމުހައްޛަބުގައި އިމާމު ޝާފިޢީގެ މަޛްހަބަކީ ކޮބައިކަން އިމާމު ޝީރާޛީ ވިދާޅުވެފައި ވެއެވެ. މިނިވަން އަންހެނާގެ ޢައުރައަކީ މޫނާއި ދެއަތްތިލަ ފިޔަވައި މުޅިހަށިގަނޑެވެ. އަދި ނަމާދުގައިވެސް އޭނާގެ ޢައުރައަކީ މިއީ އެވެ.

އިމާމު ޝާފިޢީ އަލްއުއްމުގައި ވިދާޅު ވެފައި ވެއެވެ. އަންހެނާއަށް ވާޖިބުވެގެންވަނީ ނަމާދުގައި އޭނާގެ މޫނާއި ދެއަތްތިލަ ފިޔަވައި މުޅި ހަށިގަނޑު ނިވައިކުރުމެވެ.

ޝައިޚުލް އިސްލާމް އިމާމު ނަވަވީގެ ފޮތް މިންހާޖުއް ޠާލިބީންގެ ޝަރަޙަ މުޣްނިލް މުޙްތާޖުގައި ނަވަވީގެ ކިބައިން މިފަދައިން ބަޔާންވެގެން ވެއެވެ. ކައިވެނި ހެއުނުވާ މީހުންގެ ކުރިމަތީގައި އަންހެނާގެ ޢައުރައަކީ ފޫޅާއި ކަކުލާއި ދެމެދެވެ. ހަމަ އެހެންމެ އެނޫން އަންހެނުންގެ ކުރިމަތީގައިވެސް ފޫޅާއި ކަކުލާ ދެމެދު ފޮރުވުން ވާޖިބު ވާނެއެވެ.

ޝައިޚުލް އިސްލާމް ޒަކަރިއްޔާ އަލްއަންޞާރީ އަސްނަލް މަޠާލިބުގައި ވިދާޅުވެފައި ވެއެވެ. ނަމާދުގައި މިނިވަން އަންހެނާގެ ޢައުރައަކީ، އަދި ނަމާދުން ބޭރުގައި ވިއަސް ހިލޭ ފިރިހެނުންގެ ކުރިމަތީގައި އަންހެނާގެ ޢައުރައަކީ މޫނާއި ދެއަތްތިލަ ފިޔަވައި މުޅިހަށިގަނޑެވެ. އަތްތިލައިގެ ކުޑަ ހުޅާ ހަމައަށް ބަނޑުފުށްވެސް ޢައުރާގައި ހިމެނިގެން ވެއެވެ. (ދާރުލް އިފްތާ)

(ތަރްޖަމާ: ޙުސައިން ރަޝީދު އަޙްމަދު)

سؤالك عن عورة المرأة خارج الصلاة، عند الشافعية. فجوابه من حيث الإجمال هو أن جميع بدنها عورة ما عدا الوجه والكفين.

قال الشيرازي في المهذب في فقه الإمام الشافعي: فأما الحرة فجميع بدنها عورة، إلا الوجه والكفين. انتهى.

وكذلك عورتها في الصلاة.

قال الشافعي في كتاب الأم: وعلى المرأة أن تغطي في الصلاة كل بدنها، ما عدا كفها ووجهها. اهـ.

وفي مغني المحتاج شرح منهاج الطالبين : عورتها أمام المحارم ما بين السرة إلى الركبة، كما أن عورة المرأة التي يجب سترها بالنسبة لغيرها من النساء هي ما بين السرة والركبة. انتهى.

وقال شيخ الإسلام زكريا الأنصاري الشافعي، في أسني المطالب: وعورة الحرة في الصلاة، وعند الأجنبي ولو خارجها، جميع بدنها إلا الوجه والكفين، ظهراً وبطناً إلى الكوعين. انتهى.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން